ޕީޕީއެމް އިން މާލޭގައި ބޭއްވި މުޒާހަރާއެއް ކަރަވިކުރަނީ/ ފޮޓޯ: އިންޓަނެޓް
ޕީޕީއެމް އިން މާލޭގައި ބޭއްވި މުޒާހަރާއެއް ކަރަވިކުރަނީ/ ފޮޓޯ: އިންޓަނެޓް
ހަބަރު 11 Dec 2023 | 11:31

އިޖުތިމާއީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ނާއިބަކަށް ނޫސްވެރިޔާ ލަހުފާ!

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނާއިބަކަށް، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ މަރިޔަމް ލަހުފާ ޚަލީލު ޢައްޔަނު ކުރައްވައިފި އެވެ.

އިޖުތިމާއީ ތަރައްގީއާއި ބެހޭ ވުޒާރާ ނުވަތަ ކުރީގެ ޖެންޑާ މިނިސްޓްރީއަކީ ލަހުފާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވި އޮފީހެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން އެތަނުގައި މަސައްކަތް ކޮށްފައިވާއިރު، އެއީ އޭނާ ވަޒީފާގެ ދާއިރާގެ ބިންގާ ބިނާކުރި ވުޒާރާއެވެ.

ޗެނަލް 13 އަދި 'ވޮއިސް' ގެ ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި، ލަހުފާ އަކީ، ޕްރައިމަރީ ހެލްތު ކެއާރ ގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވާފައިވާ ބޭފުޅެކެވެ.

އާ ސަރުކާރުގެ ހަފްތާ 14 ޖަލްސާ ހުށައަޅާދެނީ

ޖެންޑާ މިނިސްޓްރީގެ އިތުރުން ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގައި ޕްރޮގްރާމު އޮފިސަރެއްގެ ގޮތުގައި ލަހުފާ މަސައްކަތް ކުރައްވާފައި ވެއެވެ.

އޭނާ ވަނީ އެ ޖަމުއިއްޔާގެ ޔޫތު ފޯކަލް ޕޮއިންޓުގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

އެ މުއްދަތުގައި އޭނާ ވަނީ ޝީ އާއި ޔޫއެންޑީޕީ އާއި ޔުނިސެފް ފަދަ ޖަމުއިއްޔާތައް ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓުތައް ލީޑުކުރައްވާ ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް ވެސް ހިންގަވާފަ އެވެ.

ނޫސްވެރިކަމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ލަހުފާ ފާއިތުވި 4 އަހަރު މަސައްކަތްކޮށްފައި ވަނީ ޗެނަލް-13 ގެ ޑެޕިއުޓީ އެޑިޓަރެއްގެ ގޮތުގައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި އޭނާ ފާހަގަކޮށްލެވެނީ ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއްގެ ގޮތުގަ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނު އައްޑޫ ދަތުރުގައި އާންމުންނާއި އިންޓަވިއު ކުރަނީ

އިޖުތިމާއީ ދާއިރާއަށް ޚިދުމަތްކޮށްދިނުމަށް ލިބުނު ފުރުސަތުގައި، ކުރިއަށް ދާއިރު، ލިޔުންތެރިކަމާއި މުޅިން ދުރަށް ދިއުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ލަހުވާ ވަނީ "ވޮއިސް" އަށް ވިދާޅުވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.