ފެނަކައިގެ ޑީއެމްޑީއަކަށް ނާއިފް
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޕީއެންސީގެ ރެޖިސްޓްރަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މަންދޫބްކަންވެސް ކުރައްވަވާ އިބްރާހިމް ނާއިފް އައްޔަން ކުރައްވައިފިއެވެ.
ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނާއިފް އައްޔަން ކުރިކަން އިއުލާނުކޮށް އެ ކުންފުނިން ކުރި ޕޯސްޓެއްގައި ވަނީ އައު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް މަރުހަބާ ދަންނަވައިފައެވެ.
އޮންލައިން ނޫހެއް ކަމަށްވާ ދެން އޮންލައިންގެ އެމްޑީކަންވެސް ކުރައްވައިފައިވާ ނާއިފް ވަނީ އެސްޓީއޯގެ ފުނަދޫ ބްރާންޗްގައިވެސް މަސައްކަތް ކުރައްވައިފައެވެ. އަދި އެ އަތޮޅު ކައުންސިލްގައިވެސް ނާއިފްވަނީ މަސައްކަތް ކުރައްވައިފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު މީހުން އައްޔަނުކުރައްވައިފައިވާއިރު މިދިޔަ ހަފްތާއިން ފެށިގެން ކުންފުނިތަކުގެ ޑެޕިުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މަގާމަށްވެސް މީހުން އަންނަނީ އައްޔަނު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް