ވެމްކޯގެ ޑެޕިއުޓީ އެމްޑީއަކަށް މުހައްމަދު އަބްދުލް ކަރީމް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު އަބްދުލްކަރީމް އައްޔަންކޮށްފިއެވެ.
ރައްޔިތުގެ މަޖިލީހުގެ ހެންވޭރު ދެކުރު ދާއިރަގެ މެމްބަރުކަންވެސް ކުރިން ކުރެއްވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަން ކުރިކަން ވެމްކޯއިން ވަނީ ޓުވީޓަކުން އިއުލާނުކޮށްފައެވެ.
މީގެ ކުރިން އެމްޑީޕީގައި މަސައްކަތް ކުރެއްވި މުހައްމަދު އަބްދުލްކަރީމް ވަނީ ފަހުން ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެމްޑީން އައްޔަނުކޮސްފައި ވާއިރު މިހާރު ކުރިއަށްދަނީ އެ ކުންފުނިތަކަށް ޑެޕިއުޓީ އެމްޑީން އައްޔަނު ކުރަމުންނެވެ.
އެގޮތުން މި ފާއިރުވި ހަފްތާއިން ފެށިގެން އަންނަނީ އެކި ކުންފުނިތަކަށް އެމްޑީން އައްޔަން ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް