ފަސްޓްލޭޑީ ސާޖިދާ މުހައްމަދު-- ފޮޓޯ: ސަންގު
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު-- ފޮޓޯ: ސަންގު
ހަބަރު 11 Dec 2023 | 17:39

އެންމެ ބޮޑު އަމާޒަކީ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ އެންޖީއޯތަކަށް އެހީވުން: މެޑަމް ސާޖި

އެންމެ ބޮޑު އަމާޒަކީ ގައިންގަޔަށް ނާރާ ބަލިތަކާއި ގުޅޭގޮތުން ރާއްޖޭގައި އެހީތެރިކަން ފޯރުކޮށްދޭ އެންޖީއޯތަކަށް އެހީތެރިވެެެދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ސަންގުޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ އިޖްތިމާއީ ދާއިރާއިން މަސައްކަތްކުރައްވާ ހިދުމަތްކުރެއްވުމުގެ ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވާ ކަމަށެވެ. އަދި އެ ދާއިރާގައި ގިނަ އަހަރު މަސައްކަތްކުރައްވާފައި ހުންނެވުމުގެ ސަބަބުން އެފަދަ މަސައްކަތްތަކުގައި އުޅޭ ޖަމިއްޔާތަކާއެކު ކުރިޔަށް ދިއުމަށް ފަސޭހަވާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

"ބޮޑަށް އަޅުގަނޑު ބޭނުންވަނީ އެންސީޑީ، ގައިން ގަޔަށް ނާރާ ބަލިތަކަށް ގުޅޭ ގޮތުން ބޮޑަށް ފޯކަސް ކުރަމުން އަޅުގަނޑު މިދަނީ. އަޅުގަނޑުގެ މައުލޫމާތު ހުރީ ބޮޑަށް އެ ދާއިރާ ވީމަ އަޅުގަނޑަށް އެދާއިރާގައި މަސައްކަތް ކުރަން ފަސޭހަ ވާނެ. އެހެންވީމަ ހަމަ އެގޮތަށް މި ވިސްނަނީ. އެހެންނަމަވެސް އޭގެ މާނައެއްނޫން އެހެން އެންޖީއޯތަކާއި އެކީގައި މަސައްކަތް ނުކުރާނެއޭ. ހަމަ ކުރާގޮތަށް."

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

މީގެ އިތުރުން އެކަމަނާ ވަނީ އެންޖީއޯތަކާއި ބައްދަލުކުރެއްވިއިރު އެ ފަރާތްތަކުން ފާހަގަކުރެެއްވި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ. އޭގެ ތެރޭގައި ޖަމިޔާތަކަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އޮފީސްތައް ހިންގުމުގެ ޖާގައިގެ މައްސަލަކަން ފާހަގަކުރައްވާ، ޖަމިއްޔާތަކުގެ ހިންގުމަށް އޮފީސް އިމާރާތެއް ނެތުމުގެ ސަބަބުން ގޭތެރޭގައި އިދާރީ ކަންކަން ކުރިޔަށް ގެންދަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

މެޑަމް ސާޖިދާ މިއަދު ވަނީ ތެލެސީމިއާ އެސޯސިއޭޝަނާއި ބައްދަލުކުރައްވަފައި، އެ ބޭފުޅުންގެ ދަތިތައް ހައްލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

އެހެންކަމުން އަމާޒަކީ ރާއްޖޭގައި ހަރާކާތްތެރިވަމުންދާ އެކި ޖަމިއްޔާތަކާއެކު ގުޅިގެން ކުރިޔަށް ވަޑައިގެންނެވުންކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.