N/A
N/A
ހަބަރު 03 Nov 2018 | 12:54

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލާނޭ އަދި ދަންނަވާކަށް ނެތިން - ރައީސް ނަޝީދު

ރައްޔިތުންގެ މިޖިލީހަށް ކުރިމަތި ލާނެކަން އަދި ނުލާނެކަން ނިންމަވާފައި ނުވާކަމަށް ރައީސް ނަސީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދު ކުރިމަތިލައްވަން އުޅުއްވާ ކަމުގެ އަޑުތަކާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވަލަކަށް ޖަވާބު ދެއްވަމުންނެވެ.

"ތިކަމަށް އަޅުގަނޑު އަދި ސީދާ ގޮތެއް ނުނިންމަން" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރާ ފަރާތެއް ކަން ތަކުރާރު ކުރެއްވިއެވެ. އަދި ސާފު ގޮތުގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު މަޖިލީހަށް ކުރިމަތި ލުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ މަޖިލިސް އޮތީ ހަމަ މަގަށް އަޅުވަން ޖެހިފައިކަމަށެވެ.

ރައީސް ނަޝީދު މަޖިލީހަށް ކުރިމަތި ލާކަމުގައި ވަނީ ނަމަ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކާ ދިމާލަށް މިސްރާބު ޖެހުމަކީ ވަރަށް ކާރި ކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައީސް މައުމޫން ގެ ދައުރުގައި ވަނީ ވެރިންކަން ކުރާ ދެ ނިޒާމް ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. ރައްޔިތުން ރިޔާސީ ނިޒާމަށް އޭރު ނިންމި އިރު އޭރުގެ ރައީސް މައުމޫން ގެ އިސްލާހީ އެޖެންޑާގައި ފާހަގަކުރައްވާފައިވާ އިސްލާހުތައް ބޮޑަށް ހުރީ ބަރުލަމާނީ ނިޒާމަކަށް ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.