މިޞްރުގެ ޖީޒާ ގައި ހުަންނަ ހަރަމްތައް
މިޞްރުގެ ޖީޒާ ގައި ހުަންނަ ހަރަމްތައް
ދީން 12 Mar 2023 | 01:25

ހަރަމް ތަކުގެ ސައިންޓިފިކް ހަޤީޤަތް ކީރިތި ޤުރުއާނުން

މިޞްރުގެ ޖީޒާގައި ހުންނަ ހަރަމް ތަކަކީ ސައިންސްވެރިންވެސް އަޖައިބު ކޮށްލި އެއްޗެކެވެ. އެއާއިބެހޭ ގޮތުން އުފެދޭ ސުވާލުތަކަށް، އެތައް ހޯދުން ތަކަކަށް ފަހުވެސް މްއެމީހުންނަށް ޖަވާބު ހޯދިފައެއް ނުވެއެވެ.

ހަޤީޤަތަކީ ކަމުގެ ކޮޅެއް މެދެއް ނޭނގޭ މި މަސައްކަތުގެ ހަޤީޤަތް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވުމުވެ.

10 އެތައް ވުރެ ބަރު، ބަރުދަންހުރި ގާތަކެއް ހަރަމްގެ އެންމެ މައްޗަށް އަރުވައި ބެހެއްޓުމަށް އުފުލީ ކިހިނެއްހެއްޔެވެ؟

އިލެކްޓްރޯން މައިކްރޯސްކޯޕް މެދުވެރިކޮށްގެން ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުން ހަރަމްގެ އެންމެ މަތީގައި ހުރި ގައު ތަކާއި ތިރީގައި ހުރި ގައުތަކާއި ތަފާތެވެ.

ހަރަމް ތަކުގެ އެންމެ މަތީގައި ހުރި ގައުތައް އެތަނުގައި ބެހެއްޓީއެއް ނޫނެވެ. އެގާތަކަކީ މަށި ހޫނުކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެއްސެވެ.

އެއްވެސް ހޯދުމަކާއި ނުލައި 1400 އަހަރު ކުރިން ކީރިތި ޤުރުއާނުގައި ވަނީ މިކަން ބަޔާން ކުރައްވާފައެވެ.

(وَقَالَ فِرْعَوْنُ يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَهٍ غَيْرِي فَأَوْقِدْ لِي يَا هَامَانُ عَلَى الطِّينِ فَاجْعَل لِّي صَرْحًا لَّعَلِّي أَطَّلِعُ إِلَى إِلَهِ مُوسَى وَإِنِّي لَأَظُنُّهُ مِنَ الْكَاذِبِينَ)

މާނައީ:

(فرعون ބުންޏެވެ. އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ هامان އެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) موسى ގެފާނުންގެ إله އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ.) (ސޫރަތުލް ޤަޞަޞް 38)

މި އާޔަތުގައި ބަޔާން ކުރައްވާފައިވާ ފަދައިން އުސް އިމާރާތެއް ބިނާކުރުމަށް ފިރްޢައުން، ހާމާނަށް އަމުރުކުރީ ހޫނުކޮށްފައިވާ މަށި ބޭނުން ކުރުމަށް އިރުޝާދު ދެމުންނެވެ. މަތީގައި ބަޔާން ކުރެވުނު އާޔަތުން އެނގިގެންދަނީ ހަރަމްތައް ހެދުމުގައި ބޭނުންކުރެވުނު އެއް ޓެކްނިކެވެ.

ހަރަމް ތަކުގައި ކަނޑާނެގިފައިވާ ލިޔުން ތަކުން އެނގިފައިވާ ގޮތުގައި ހަރަމް ތައް ބިނާކުރުމަށް މަސައްކަތް ކުރި މީހުންގެ ބެލެހެއްޓުން ތެރިޔަކަށް ހުރީ ހާމާނު ނަމަކަށް ކިޔުނު މީހެއް ކަމެވެ.

ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވަނީ ހަމައެކަނި ހަރަމްތައް ބިނާ ކުރެވުނު ގޮތެއް ނޫނެވެ. ހަރަމްތައް ބިނާ ކުރުމުގައި އިސްކޮށް އުޅުނު މީހާގެ ނަންވެސް ވަނީ ބަޔާން ކުރައްވާފައެވެ. އެތައް ޒަމާނެއްވަންދެން ސައިންސްވެރިން ބުރަ މަސައްކަތް ކޮށްގެން ހޯދަން މަސައްކަތް ކުރި ސައިންޓިފިކް ހަޤީޤަތްތައް މީގެ 1400 އަހަރު ކުރިން ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކޮށްދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލޭގެ މުހިއްމު އާސާރުތަކެއް ބެލެހެއްޓުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ
04 Feb 2024 ހަބަރު

މާލޭގެ މުހިއްމު އާސާރުތަކެއް ބެލެހެއްޓުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ

ރާއްޖޭގައި އެންމެ އަސާރީ ބިނާތައް ގިނަ މާލޭ ސިޓިގައިވާ މުޙިއްމު އާސާރީތަންތައް ބަލަހައްޓާ އެތަންތަނުގެ އާބާތުރަފިލުވާ ، ޒީނަތްތެރިކުރުމުގެ މަސައްކަތާއި ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)...

ރަމަޟާން މަހަށް ހުކުރުމިސްކިތު މުންނާރާއި މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރަނީ
04 Jan 2024 ހަބަރު

ރަމަޟާން މަހަށް ހުކުރުމިސްކިތު މުންނާރާއި މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ހުކުރުމިސްކިތު މުންނާރާއި މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވ...

ވާހަކަ: ސިހުރު ހަދަން ނުކުތް ޒުވާނާއަށް ވީގޮތް
30 Jun 2023 ވާހަކަ

ވާހަކަ: ސިހުރު ހަދަން ނުކުތް ޒުވާނާއަށް ވީގޮތް

ދުނިޔެވީ މަގާމުތަކުގެ ދަހިވެތި ކަމުގައި، ނުބައި، ހުތުރުވެގެންވާ ފާފަތަކަށް އަރައިގަންނަ މީހުން، ގަދީމީ ޒަމާނުއްސުރެ ދިރިއުޅެއެވެ. އާރާއި ބާރު ހޯދުމަށްޓަކައި އިންސާނީ ކަރާމާތަށް ބެލުމެއްނެތި، އަމިއްލަ ...

ޖޯގްރަފީގޮތުން ދިވެހިރާއްޖެ، މަލިކު، އަދި ފޯޅަވަހި
30 Sep 2022 ރިޕޯޓް

ޖޯގްރަފީގޮތުން ދިވެހިރާއްޖެ، މަލިކު، އަދި ފޯޅަވަހި

ޖޯގްރަފީގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ރަށްތަކާއި، މަލިކާއި, ފޯޅަވަހީގެ ރަށްތަކާއި އޮތް ގުޅުން ވަރަށްވެސް ބޮޑެވެ. އަދި މިއީ ހަމައެކަނި އަތޮޅުތަކަށް ނިސްބަތްވާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާތީ އެއް...