މާލީ ވަޒީރުގެ އެޑްވައިޒަރުންނަށް މުނައްވަރާއި ނަސީރު
މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގުގެ އެޑްވައިޒަރުންގެ މަގާމަށް، އަހްމަދު ނަސީރާއި އަދި އަހްމަދު މުނައްވަރު، މިއަދު އައްޔަނުކުރައްވައިފިއެވެ.
މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ދެބޭފުޅުން މިއަދު އައްޔަނު ކުރެވި މަގާމަކީ މިނިސްޓަރު ފެންވަރުގެ މަގާމެވެ. އަދި، ދެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ.
މުނައްވަރަކީ މީގެ ކުރިން ކުރީގެ ރައިސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި މާލީ ވަޒީރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި ނަސީރަކީ އެމްއެމްއޭގެ ގަވަރުނަރުގެ ކަމުގައި މަގާމުގައި ކުރިން ހުންނެވި ބޭފުޅެކެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް