އުރީދޫ ފަންރަންގައި ބައިވެރިވުމުގެ އިތުރު 20 ފުރުސަތު ހުޅުވާލައިފި
އުރީދޫ ފަންރަންގައި ބައިވެރިވުމުގެ އިތުރު 20 ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ މިއީ ގިވްއަވޭ އެއް ގޮތަށް ކުރިއަށްދާ ފުރުސަތެއް ކަަމަށެވެ. އަދި މި ގިވްއަވޭގައި 20 ފަން ކިޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫ ފަންރަން އަށް ރަޖިސްޓަރވުމުގެ ފުރުސަތު ގެއްލުނު ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ގިވްއަވޭ ކުރިއަށްދާނީ މިމަހުގެ 16 ވަނަ ދުވަހުގެ 11:59 ޖެހުމާ ހަމައަށެވެ.
އުރީދޫއިން ސޯޝަލްމީޑިޔާގައި ކޮށްފައިވާ ޕޯސްޓަށް ލައިކް ދީ ޝެއާކުރުމަށްފަހު #OoredooFunRun ބޭނުންކޮށްގެން ރައްޓެއްސަކު ޓެގްކުރުމުން މި ގިވްއަވޭގައި ބައިވެރިވެވޭނެކަމަށް އުރީދޫއިން ބުނެއެވެ.
ފަންރަންއަކީ ރާއްޖޭގައި 5 ކިލޯމީޓަރަށް ދުވުމަށް އުރީދޫއިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް