ޖަލު ބަންދުގައި ހުރި ގައިދީއަކު މަރުވެއްޖެ
ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު މިއަދު މަރުވެއްޖެއެވެ.
ބަންދުގައި ހުއްޓާ މަރުވެފައި ވަނީ ސްވިޒަލެންޑްގެ ރައްޔިތެއް ކަމުގައިވާ ޕީޓާ ތޯމަސް ޑަސް (59 އަހަރު) ކަމަށާއި ޕީޓާ ކުއްލިއަކަށް ހޭނެތިގެން ގޮޅީތެރެއަށް ވެއްޓުމުން އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މަައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އެ މީހާ މަރުވުމާ ގުޅިގެން އެކަން ވަގުތުން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް