ބީއެމްއެލް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެވޯޑާއި ދަރިކަލުން ފާރިސް މައުމޫން ހަވާލުވެ ވަޑައިގަންނަވަނީ: ފޮޓޯ/ ރައީސް އޮފީސް
ބީއެމްއެލް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެވޯޑާއި ދަރިކަލުން ފާރިސް މައުމޫން ހަވާލުވެ ވަޑައިގަންނަވަނީ: ފޮޓޯ/ ރައީސް އޮފީސް
ވިޔަފާރި 13 Jan 2023 | 05:04

ބީއެމްއެލް އުފެއްދުމުގައި އިސް ދައުރެއް އަދާކުރި ފަރާތްތަކަށް އެވޯޑު ދީފި

ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝަރަފުވެރި އެވޯޑެއް އަރުވައިފިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވުނު ހަފްލާއެއްގައި މި އެވޯޑްތައް ހަވާލުކޮށްދެއްވާފައިވާނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ދިވެހި ސަރުކާރުގެ 60 އިންސައްތަ ހިއްސާ ހިމެނޭހެން ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮންޕެނީއާއެކު ބޭންކް އޮފް މޯލްޑިވްސް އުފައްދަވައި، ބޭންކުގެ ކޮމާޝަލް އޮޕަރޭޝަންތައް ފައްޓަވާދެއްވުމުގެ ބިންގާ އަޅުއްވައިދެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ ވަނީ ބޭންކަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި ދެބޭފުޅުންނަކީވެސް ރާއްޖޭގައި ބޭންކިންގ ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމުގެ މޭސްތިރިންނެވެ.

މީގެ އިތުރުން ބޭންކަށް 40 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންކަމަށްވާ ޢާއިޝަތު ނޫރައްދީން، ފާތިމަތު މަނިކެ އަދި މުސާ މުޙައްމަދުގެ އަގުވަޒަންކޮށް ވަނީ އެވޯޑް ހަވާލުކޮށްދީފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ މިއަދު ރާއްޖޭގައި އެންމެ ބޮޑު ބޭންކިންގ ވިއުގައާއެކު ހިދުމަތް ދެމުންދާ ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަޚްރުވެރި ދިވެހިންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް
25 Oct 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގެ ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...