ފޮޓޯ: ގައުމީ ފުޓްބޯޅަ ޓީމް
ފޮޓޯ: ގައުމީ ފުޓްބޯޅަ ޓީމް
ކުޅިވަރު 13 Sep 2022 | 16:20

ސައުދީ އިން ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ކޮޅަށް 11 ގޯލު ޖަހައިފި

މިހާރު ސައުދީގައި ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ބުރުގައި، ސައުދީއިން 0-11 އިން ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ބަލިކޮށްފިއެވެ.

ރާއްޖެއިން ކޮލިފައިން ބުރުގައި ފުރަތަމަ ކުޅުނު މެޗުން އުޒްބެކިސްތާން އަތުން ބަލިވެފައިވަނީ 0-7 ގެ ނަތީޖާއަކުންނެވެ. ދެވަނަ ބައްޔާއި އެކު ރާއްޖޭގެ ޒުވާން ޓީމަށް 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިވުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ.

ރޭ ސައުދީ އަރަބިއާގައި ކުޅުނު މި މެޗުގައި ސައުދީއިން ޖެހި 11 ގޯލުގެ ތެރޭގައި ދެ ހެޓްރިކެއްވެސް ހިމެނެއެވެ. އެގޮތުން ތިން ގޯލު ޖަހާ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ އެ ޓީމުގެ ރާދިފް އާއި މިޝަރީ އަލް ނިމްރުއެވެ. މީގެ އިތުރުން ސައުދީގެ ޔަޒީދު ޖޫޝާން ދެ ގޯލު ޖެހިއިރު، ސޯލިހް ރަހްމާނީ، ޔާސީން އަލް ޒުބައިދީ، އަދި އަބްދުލް އަޒީޒު އަލް އަލައިވާ ވަނީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބުކޮށްފައެވެ.

ރާއްޖޭގެ ޒުވާން ޓީމުން މި މުބާރާތުގައި އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މި އަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ގައިވެސް ޒުވާން ޓީމުގެ ފަރާތުން ފެނިފައިވަނީ ދަށް ކުޅުމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް