ފޮޓޯ: އަލީ ހަސަން، ޕާކިސްތާނު
ފޮޓޯ: އަލީ ހަސަން، ޕާކިސްތާނު
ކުޅިވަރު 13 Sep 2022 | 16:25

ޕާކިސްތާނުން ރާއްޖޭގެ އަންހެން ޓީމު 0-7 އިން ބަލިކޮށްފި

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ އަންހެނުންގެ ސާފްގޭމްސް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނުން ރާއްޖޭގެ އަންހެން ޓީމު 0-7 އިން ބަލިކޮށްފިއެވެ.

މި މެޗާއި އެކު ރާއްޖެއަށް މުބާރާތް ނިމިފައިވާއިރު، މި މުބާރާތުގައި ރާއްޖޭގެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ރާއްޖޭގެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ.

މި މެޗުގައި ރާއްޖޭގެ ޓީމަށް ބޯޅަ ހިފަހައްޓާނެ ގިނަ ފުުރުސަތުތަކެެއް ނުދީ މެޗު ކޮންްޓްރޯލް ކޮށްގެން ކުޅެފައިވަނީ ޕާކިސްތާނުގެ ޓީމުންނެވެ.

މެޗުގެ ފުރަތަމަ ހާފު ޕާކިސްތާނުން ނިންމާލައިފަވަނީ 0-2 ގެ ނަތީޖާއަކުންނެވެ. މި ދެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަމީން ފަރީދު އަދި ހަދީޖާ ކަޒްމީއެވެ. ހަދީޖާ ކަޒްމީގެ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ޕާކިސްތާނުން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރަގަދަކޮށް 5 ގޯލު ކާމިޔާބު ކޮށްފައެވެ. އެ ޓީމަށް މި ގޯލުތައް ކާމިޔާބު ކޮށްދީފައިވަނީ ނާދިއާ ޚާން އަދި  އަންމޯލް ހީރާއެވެ. މި މެޗުގައި އެންމެ ތަފާތު ކުޅުމެއް ދެއްކި ނާދިޔާ ވަނީ ދެވަނަ ހާފުގައި ރާއްޖެ ކޮޅަށް ހަަތަރު ގޯލު ޖަހައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް