ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު؛ ފޮޓޯ / ވޮއިސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު؛ ފޮޓޯ / ވޮއިސް
ހަބަރު 13 Oct 2026 | 07:54

ސުޕްރީމް ކޯޓުން ބަލާ ބާވަތުގެ މައްސަލައަކަށް ނުވުމުން، ރަސްމާލެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި

އަޙްމަދު އާހިލް ސަޢީދު

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކުރަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލާ ބާވަތުގެ މައްސަލައަކަށް ނުވުމުން، އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމަވައިފިއެވެ.

ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން ރަޖިސްޓްރާ ނިންމެވީ، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ބެލޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ސީދާ ސުޕްރީމް ކޯޓުން ބެލެނީ، ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ މައްސަލަތަކާއި، ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާ ގުޅިގެން ފެންމަތިވާ ހިލާފުތަކާއި، ގައުމުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް ކަމަށެވެ. ނަމަވެސް، މި ނިންމެވުން މުރާޖައާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު މައްސަލަ ހުށެހެޅި ފަރާތައް ލިބިގެންވެއެވެ.

އަލީ ހުސައިން މި މައްސަލަ ހުށަހެޅުއްވީ، ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ބިމުގެ މިލްކުވެރިކަމުގެ މަސްލަހަތު އީގަލް ހިލްސްއަށް ލިބޭ ގޮތަށް ދޫކުރުމަކީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެއެވެ. އެ މާއްދާގައި ދައުލަތުގެ މުދަލެއް ނުވަތަ ރައުސްމާލެއް ދޫކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާއިރު، 99 އަހަރަށް ބޭރު ފަރާތަކަށް ބިން ކުއްޔަށް ދެވޭނެ ގާނޫނީ އޮނިގަނޑެއް ނެތް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތިންވަނަ ފަރާތްތަކަށް ހައްގު އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމެނޭ މާއްދާތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި، މައްސަލައިގައި ގޮތެއް ނިމެންދެން އެ އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންނެވިއެވެ.

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" ގެ ނަމުގައި ހިންގާ މި މަޝްރޫއަށް ދިވެހި ސަރުކާރާއި އީގަލް ހިލްސް ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. 20 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމެންޓުގެ ދަށުން ހޮޓާތަކާއި މަރީނާ އަދި ވިޔަފާރި ސަރަހައްދުތައް ތަރައްގީކުރާ އިރު، އެ ސަރަހައްދުން އިޒްރޭލުގެ ރައްޔިތުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ފާޅުކޮށްފައިވެއެވެ.

ނަމަވެސް، ދިވެހި ސަރުކާރާއި އީގަލް ހިލްސް ދެ ފަރާތުން ވެސް ބުނެފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން އެފަދަ ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާލިމްގެ ފުރަތަމަ ފޮތް، "އޭ ހިތާއެވެ. ކެތެރިވާށެވެ." ނެރެފި
13 Oct 2026 ހަބަރު

އާލިމްގެ ފުރަތަމަ ފޮތް، "އޭ ހިތާއެވެ. ކެތެރިވާށެވެ." ނެރެފި

"އޭ ހިތާއެވެ. ކެތެރިވާށެވެ." ގެ ނަން ދީފައިވާ މި ފޮތުގައި 448 ސަފްހާ ހިމެނޭ އިރު، ޖުމްލަ ހަ ބާބެއް ހިމެނެއެވެ. ފޮތް ނެރުމުގެ ކުރިން ވެސް، ކިޔުންތެރިންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އާލިމް ފާހަގަކޮށްފައިވެއެވެ. އެ ގޮތުން، 700 އަށް ވުރެ ގިނަ ކޮޕީ ފޮތް ނެރުމުގެ ކުރިން އެކި ފަރާތްތަކުން ޕްރީ-އޯޑަރު ކޮށްފައިވެއެވެ. މިހާ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނީ އޭނާގެ މަސައްކަތާ މެދު ކިޔުންތެރިންގެ ހިތުގައި އޮތް ގަދަރުގެ ބޮޑުކަމުން ކަމަށާއި، އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް އާލިމް ބުނެފައިވެއެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، ދީނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެއްޖެ
13 Oct 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، ދީނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެއްޖެ

މިއީ ކޮރަޕްޝަންގެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން ނިންމި ނިންމުމެކެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އަދި އޭނާއަށް ހުކުމެއް ނުކުރެއެވެ. އެ ގޮތުން، އަދަބު ކަނޑައެޅުން އޮންނާނީ ކުރިއަށް އޮންނަ އަޑުއެހުމެއްގައެވެ.

ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން، އިމްރާންގެ މިނިސްޓަރުކަމުގައި 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް
13 Oct 2026 ހަބަރު

ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން، އިމްރާންގެ މިނިސްޓަރުކަމުގައި 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، އޭރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ގެ ބެއްލެވުމުގެ ދަށުން ކ. މާފުށީ ޖަލުގައި ހައި-ސެކިއުރިޓީ ވިންގެއް އެޅުމުގެ މަޝްރޫޢުގެ ތެރެއިން، ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލުމުގެ ނަމުގައި 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...