ކުރީގެ ހޯމް މިނިސްޓަރު-
ކުރީގެ ހޯމް މިނިސްޓަރު-
ހަބަރު 13 Oct 2026 | 08:16

ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން، އިމްރާންގެ މިނިސްޓަރުކަމުގައި 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، އޭރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ގެ ބެއްލެވުމުގެ ދަށުން ކ. މާފުށީ ޖަލުގައި ހައި-ސެކިއުރިޓީ ވިންގެއް އެޅުމުގެ މަޝްރޫޢުގެ ތެރެއިން، ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލުމުގެ ނަމުގައި 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާފުށީ ޖަލުގައި 50 ގޮޅީގެ ހައި-ސެކިއުރިޓީ ވިންގަކާއި 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ނިންމުމުގެ ބަހަނާގައި، ބިޑް ކުރުމަކާ ނުލައި 45 މިލިއަން ރުފިޔާއަށް ހަވާލުކުރީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއެވެ. ނަމަވެސް، ޕޮލްކޯއިން ވެސް އެއްވެސް ބިޑުކުރުމެއް ނެތި މި މަޝްރޫޢު ވަނީ "ވީ އަވާ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ސަބް-ކޮންޓްރެކްޓް ކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، 50 ގޮޅީގެ މަސައްކަތް ކުރާ ސަރަޙައްދުގައި ހުރިކަމަށް ބުނާ އިމާރާތެއް ތަޅާލައި އެ ތަން ސާފުކުރުމަށް ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިޔޫ) ގައި 2,920,082 (ދެ މިލިއަން ނުވަ ސަތޭކަ ވިހި ހާސް އަށްޑިހަ ދެއެއް) ރުފިޔާ ހިމަނައި، އެ ފައިސާ މިނިސްޓްރީން ޕޮލްކޯއަށް ދޫކޮށްފައިވާ މައްސަލައެވެ. ނަމަވެސް، މި މަސައްކަތް ޕޮލްކޯއާ ހަވާލުކުރުމުގެ ކުރިން (20 ޖަނަވަރީ 2022 ގައި) ގޫގުލް އާރތް މެދުވެރިކޮށް ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެ ސަރަޙައްދުގައި އެއްވެސް އިމާރާތެއް ނެތްކަން އެނގެން އޮތް ކަމަށް ރިޕޯޓުގައިވެއެވެ. އެހެންކަމުން މިއީ ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން ބުނެ، ނުކުރާ މަސައްކަތަކަށް ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާއެއް ކަމަށް އޮޑިޓުން ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް، މަސައްކަތުގެ ކުރެހުމާއި ބީ.އޯ.ކިޔޫގައި ހިމަނާފައިވާ ތަކެތީގެ އަގުތަކާއި ސައިޒުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ވެސް އޮޑިޓުން ވަނީ ހޯދައިފައެވެ. މިގޮތުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި:

ލީން ކޮންކްރީޓް އެޅުން: 18 ގޮޅީގެ މަސައްކަތުގައި ލީން ކޮންކްރީޓް ކޮޑިމީޓަރަކަށް 8,500 ރުފިޔާ ޖަހާފައިވާއިރު، 50 ގޮޅީގެ މަސައްކަތުގައި ކޮޑިމީޓަރަކަށް 14,000 ރުފިޔާ ޖަހައިގެން، 238,804 ރުފިޔާ އިތުރަށް ހިމަނާފައިވުން.

ކޮލަމް ކޮންކްރީޓް (200x200): 18 ގޮޅީގެ މަސައްކަތުގައި ކޮޑިމީޓަރަކަށް 13,000 ރުފިޔާ އަދި 50 ގޮޅީގެ މަސައްކަތުގައި ކޮޑިމީޓަރަކަށް 20,904 ރުފިޔާ ހިމަނާފައިވުން. މިއީ ހަމައެކަނި ދަގަނޑުގެ ސައިޒުގައި ހުރި ކުޑަ ތަފާތަކަށް ބަލާއިރު އިންތިހާއަށް ބޮޑު އަގެކެވެ.

ފައުންޑޭޝަން އަދި ކޮނުމުގެ ޚަރަދު: ތަނބުގެ ބުޑު ފައުންޑޭޝަންގެ ސައިޒު ކުރެހުމުގައި ހުރި މިންވަރަށް ވުރެ ބީ.އޯ.ކިޔޫގައި ބޮޑުކޮށް ލިޔެގެން 97,258 ރުފިޔާ އިތުރުކޮށްފައިވުމާއި، މި ސަބަބާ ހުރެ ކޮނުމުގެ އަގަށް 46,947 ރުފިޔާ އިތުރަށް ހިމަނާފައިވުން ހިމެނެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔޫ އަދި އަންދާޒާ އަގު ފަދަ އެންމެހައި ތަފުސީލުތައް ލިޔުމުން ފުރިހަމައަށް އެނގެން އޮންނަންވާނެއެވެ. ނަމަވެސް، މާފުށީ ޖަލުގެ މި މަޝްރޫޢުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ބޮޑެތި އަދަދުތަކުން ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

Hassan Thaufeeq 2 weeks ago

ވައްކަން ޓެކުން މަކަރާއި ޙީލަތާއި ބެހޭ ޤާނޫނެއް ދިވެހިޖުމްހޫރިއްޔާގެ ފެހި ޤާނޫން އަސާސީގައިވޭ! އަދި އެޤާނޫނުގައި ކަނޑައެޅިފައި ނުވޭ ޙަސަބާއި ނަސަބުގެ ގޮތުން ވަކި ބޭފުޅެއް ނުވަތަ ބޭކަނބަލަކަށް ވީތީ ތަފާތުކުރުމެއް! ޤާނޫން އެންމެނަށް ހަމަހަމަ ކަމުގައި ވާކަމަށްވާނަމަ ތަޙްޤީޤީ އިދާރާއިން އެމައްސަލަ ބެލެންޖެޙޭ! ޢިލްމުވެެރިޔަކަށްވެސް ކުށަކަށް އަރައިގަނެވިދާނެ އެހެންނޫންނަމަ އިބްލީސް ހެއްދެވި ފަރާތުން އެ އިބްލިސް ނައްތަވާ ލެއްވުމުގެ ބާރުލިބި ވޮޑިގެންވޭ އެކަމަކު ލަޢުނަތްލިބިލިބި ލެހެއްޓެވީ އިންސާނުންގެ ތަޤްވާވެރިވެ ތިއްބެވުމަށާއި ކުށަށް އަރައިނުގެން ތިއްބަވަން

ގުޅޭ ލިޔުންތައް

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.