"އޭ ހިތާއެވެ. ކެތެރިވާށެވެ." ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން؛ ފޮޓޯ / ސަން
"އޭ ހިތާއެވެ. ކެތެރިވާށެވެ." ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން؛ ފޮޓޯ / ސަން
ހަބަރު 13 Oct 2026 | 08:41

އާލިމްގެ ފުރަތަމަ ފޮތް، "އޭ ހިތާއެވެ. ކެތެރިވާށެވެ." ނެރެފި

އަޙްމަދު އާހިލް ސަޢީދު

ދިވެހިރާއްޖޭގެ ޒުވާން ނޫސްވެރިއެއް ކަމަށްވާ އާލިމް ލިޔުނު ފުރަތަމަ ފޮތް، "އޭ ހިތާއެވެ. ކެތެރިވާށެވެ." އޭނާގެ މައިންބަފައިންގެ އަތުން ރޭ ނެރެދީފިއެވެ.

"އޭ ހިތާއެވެ. ކެތެރިވާށެވެ." ގެ ނަން ދީފައިވާ މި ފޮތުގައި 448 ސަފްހާ ހިމެނޭ އިރު، ޖުމްލަ ހަ ޗެޕްޓަރެއް ހިމެނެއެވެ. ފޮތް ނެރުމުގެ ކުރިން ވެސް، ކިޔުންތެރިންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އާލިމް ފާހަގަކޮށްފައިވެއެވެ. އެ ގޮތުން، 700 އަށް ވުރެ ގިނަ ކޮޕީ ފޮތް ނެރުމުގެ ކުރިން އެކި ފަރާތްތަކުން ޕްރީ-އޯޑަރު ކޮށްފައިވެއެވެ. މިހާ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނީ އޭނާގެ މަސައްކަތާ މެދު ކިޔުންތެރިންގެ ހިތުގައި އޮތް ގަދަރުގެ ބޮޑުކަމުން ކަމަށާއި، އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް އާލިމް ބުނެފައިވެއެވެ.

މި ފޮތަކީ، ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި، ހިތްވަރު އެލުވައިނުލައި ކުރިއަށް ދިއުމަށް ކިޔުންތެރިންނަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ލިޔެފައިވާ ފޮތެކެވެ. ނަފްސާނީ ގޮތުން ދަތި ހާލަތްތަކާއި، އެކި ބާވަތުގެ މުސީބާތްތައް ތަޖުރިބާ ކުރި މީހުންގެ ވާހަކަތައް، ނަބީ ބޭކަލުންގެ ހަޔާތްޕުޅުގެ ހާދިސާތަކާ ގުޅުވައިގެން ގެނެސްދީފައިވެއެވެ. އިސްލާމީ ނަޒަރިއްޔާތުގެ ތެރެއިން ލިޔެފައިވާ މި ފޮތުގައި ޒުވާނުންނާ ގުޅުން ހުރި ގިނަ ވާހަކަތަކާއި މުހިންމު އިރުޝާދުތައް ހިމެނެއެވެ.

ފޮތް ނެރުމުގެ ރަސްމިއްޔާތުގައި އާލިމް ވަނީ، އޭނާގެ އާއިލާއާއި ރައްޓެހިންނަށާއި، ނޫސްވެރިކަމުގެ ދާއިރާއަށް ވަނުމަށް އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެ ހަފުލާގައި އާލިމްގެ ބައްޕަ ވެސް ވާހަކަ ދައްކާފައިވެއެވެ. ދަރިފުޅުގެ ކާމިޔާބީ ފާހަގަކޮށް ތައުރީފުކުރި އިރު، ޒުވާނުންނަށް ހިތްވަރު ދީ، ކުރިމަގާ ގުޅޭ ނަސޭހަތް ވެސް އޭނާ ދީފައިވެއެވެ.

އާލިމް ވަނީ، ދެވަނަ ފޮތެއް ލިޔުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެ. އެ ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ކަމަށް އޭނާ ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، ދީނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެއްޖެ
13 Oct 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، ދީނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެއްޖެ

މިއީ ކޮރަޕްޝަންގެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން ނިންމި ނިންމުމެކެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އަދި އޭނާއަށް ހުކުމެއް ނުކުރެއެވެ. އެ ގޮތުން، އަދަބު ކަނޑައެޅުން އޮންނާނީ ކުރިއަށް އޮންނަ އަޑުއެހުމެއްގައެވެ.

ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން، އިމްރާންގެ މިނިސްޓަރުކަމުގައި 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް
13 Oct 2026 ހަބަރު

ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން، އިމްރާންގެ މިނިސްޓަރުކަމުގައި 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، އޭރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ގެ ބެއްލެވުމުގެ ދަށުން ކ. މާފުށީ ޖަލުގައި ހައި-ސެކިއުރިޓީ ވިންގެއް އެޅުމުގެ މަޝްރޫޢުގެ ތެރެއިން، ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލުމުގެ ނަމުގައި 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ސުޕްރީމް ކޯޓުން ބަލާ ބާވަތުގެ މައްސަލައަކަށް ނުވުމުން، ރަސްމާލެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި
13 Oct 2026 ހަބަރު

ސުޕްރީމް ކޯޓުން ބަލާ ބާވަތުގެ މައްސަލައަކަށް ނުވުމުން، ރަސްމާލެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި

ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން ރަޖިސްޓްރާ ނިންމެވީ، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ބެލޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ސީދާ ސުޕްރީމް ކޯޓުން ބެލެނީ، ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ މައްސަލަތަކާއި، ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާ ގުޅިގެން ފެންމަތިވާ ހިލާފުތަކާއި، ގައުމުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް ކަމަށެވެ. ނަމަވެސް، މި ނިންމެވުން މުރާޖައާކޮށްދިނުމަށް 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޭނެއެވެ.

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...