ވިއެޓްނާމް: ދިވެހި އާއިލާތަކަށް ބަޖެޓާ އެކު ތަފާތު ތަޖުރިބާތައް ލިބޭ މަންޒިލެއް
މިއަހަރުގެ ޑިސެމްބަރުގައި ކޮލަމްބޯ މަގުން ވިއެޓްޖެޓްގެ ތާވަލު ދަތުރުތައް ފެށުމާ އެކު، ސަޤާފީ މުއްސަނދިކަމާއި ޤުދުރަތީ ރީތިކަމާއި އަގުހެޔޮ ޚަރަދުތައް އެއްތަންކޮށްދޭ މަންޒިލެއްގެ ގޮތުގައި ވިއެޓްނާމް ދިވެހި އާއިލާތަކުގެ ޗުއްޓީ ޗާޓަށް އިތުރުވެއްޖެއެވެ.
ގިނަ ދިވެހި އާއިލާތައް ރާއްޖޭން ބޭރަށް ދަތުރުކުރާއިރު ހޯދަނީ ރަށްފުށު ދިރިއުޅުމާ މުޅިން ތަފާތު ކަންކަމެވެ. ވިޔަފާރިކުރެވޭނެ ތަންތަނާއި، ބަލައިލަން ރީތި ސަރަޙައްދުތަކާއި، ފިނި މޫސުމާއި، އައު ސަޤާފަތްތައް ތަޖުރިބާކުރެވޭ ފަދަ ކަންކަން އެއް މަންޒިލަކުން ފޯރުކޮށްދޭ ތަނެއް ހޯދުމަކީ އާއިލާތަކުގެ ބޮޑު ބޭނުމެކެވެ. ވިއެޓްނާމުގައި މި ހުރިހާ ކަމެއް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ތަޖުރިބާ ކުރެވޭ ކަމީ އެ ޤައުމު ޚާއްޞަވާ މައިގަނޑު ސަބަބެވެ.
ވިއެޓްނާމުގެ ތަފާތު ސިޓީތަކުން އާއިލާތަކަށް ތަފާތު ތަޖުރިބާތައް ލިބެއެވެ. ހޯތީމިން ސިޓީއަކީ ބޮޑެތި ވިޔަފާރި މޯލްތަކާއި މާރުކޭޓުތަކާއި ރެސްޓޯރެންޓުތަކުގެ އިތުރުން ތާރީޚީ ތަންތަން ބަލައިލެވޭ ހަލަބޮލި ސިޓީއެކެވެ. ދަނަންގް ފާހަގަވަނީ ކުޑަކުދިންނާ ގުޅޭ ގޮނޑުދޮށްތަކާއި ބާނާ ހިލްސްގެ މަޝްހޫރު "ގޯލްޑަން ބްރިޖް" ފެންނަ މުނިފޫހިފިލުވުމުގެ މަރުކަޒެއްގެ ގޮތުގައެވެ. ހޮއި އާން އެ ތަނެއް ދެކިލަން ބޭނުންވާ ފަރާތްތަކަށް، ފުޅިބައްތިތަކުން ޒީނަތްތެރިކޮށްފައިވާ ތާރީޚީ މަގުތަކާއި އާސާރީ ބިނާތައް ރޭގަނޑުގެ ވަގުތުގައި ބަލައިލެވެއެވެ.
ފިނި މޫސުމަށް ލޯބިކުރާ އާއިލާތަކަށް ދަލާޓާއި ސާޕާ ފަދަ ފަރުބަދަމަތީ ސަރަޙައްދުތައް ވެސް ވިއެޓްނާމުގައި އެބައޮތެވެ. ރާއްޖޭގެ ހޫނު މޫސުމާ މުޅިން ތަފާތު، ހިތްގައިމު ބަގީޗާތަކާއި ބޭރުތެރޭގެ ހަރަކާތްތައް ތަޖުރިބާކުރެވޭ މި ސަރަޙައްދުތައް ފަރުބަދަމަތީގެ ރީތި މަންޒަރުތަކާ އެކުވެގެން ދެއެވެ.
ވިއެޓްޖެޓްގެ ދަތުރުތައް ޑިސެމްބަރުގައި ފެށުމުން، ކޮލަމްބޯ ޓްރާންސިޓް ކޮށް ދިވެހި އާއިލާތަކަށް ވިއެޓްނާމަށް ދަތުރުކުރެވޭނެ ގޮތް ފަހިވެގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް