މިރޭ އާޓިފިޝަލް ބީޗް އުރީދޫ ފޭން ޒޯންގައި ބޮޑުބެރާއެކު ފޯރިގަދަކޮށްލުމުގެ ހަރަކަތެއް
ވޯލްޑް ކަޕްގެ ސެމީ ފައިނަލްގ ފޯރި ގަދަކޮށްލުމުގެ ގޮތުން އުރީދޫއިން ބޮޑުބެރު ޝޯއެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އުރީދޫއިން ބުނީ މި މިއުޒިކް ޝޯ އޮންނާނީ މިރޭ 10:00 ގައި އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯންއެވެ.
މި ޝޯ ބާއްވަނީ މިރޭ ބައްދަލު ކުރާ އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗުގެ ފޯރި ގަދަ ކުރުމަށެވެ.
އުރީދޫއިން ބުނީ އެ ޝޯގެ މަގުސަދަކީ މިރޭ ސެމީ ފައިނަލްގައި އާޖެންޓީނާ އާއި ކްރޮއޭޝިޔާ ބައްދަލުކުރާ މެޗްގެ ކުރިން ސަޕޯޓަރުން އެއްވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މިރޭގެ މެޗް ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
އާޖެންޓީނާގެ މެޗުތަކަކީ އުރީދޫ ފޭންޒޯންތަކަށް ބާރުބޮޑުވާ މެޗުތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ގަތަރަށް ނިސްބަތްވާ އުރީދޫ ކުންފުނިން ރާއްޖޭގައި ވޯލްޑްކަޕާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް