ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ވިޔަފާރި 14 May 2023 | 11:58

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މި މަހު 29 ގައި ބާއްވަން ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ އާއްމު ޖަލްސާ މި މަހު 29 ގައި ބާއްވަން ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ޖަލްސާ އޮންނާނީ 29 މެއި ވާ ހޯމަ ދުވަހުގެ ރޭގަނޑު 08:30 ގައި އިސްލާމީ މަރުކަޒު ހޯލްގައި އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.

މި ޖަލްސާގައި، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 2023 - 2024 ވަނަ އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކަކ:ީ

.1 އަލްފާޟިލް ޔޫޝަޢު ސަޢީދު، ހ. ސޭންޑީބީޗ،ް ކ. މާލެ (ޗެއަރޕާސަންގެ މަގާމަށް ހުށަހަޅުއްވާފައިވާ ފަރާތް)

.2 މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)

.3 އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ ކ. މާލެ

.4 އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ، ކ. މާލެ

.5 އަލްފާޟިލް ޢަބްދުالله ޙަސަން، ނަސީމާމަންޒިލް، ރ. އަލިފުށި

.6 އަލްފާޟިލް ޢަބްދުالله ޙުސާމް ޝަރީފް،  ދިގުވާނޑު، ސަވާ، ޏ. ފުވައްމުލައް

.7 އަލްފާޟިލާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

މީގެ އިތުރުން 2023 - 2024 ވަނަ އަހަރަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ތިން ފަރާތަކުން ކުރިމަތި ލާފައިވެއެވެ. މި ފަރާތްތަކަކ:ީ

.1 އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ

.2 އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ، ކ. މާލެ

.3 އަލްފާޟިލް ޢަބްދުالله ނަސީމް، ކަރަންކާވިލާ، ހއ. ފިއްލަދޫ

ބީއެމްއެލްއިން ބުނީ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އަދި އާންމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލާފައިވާ ފަރާތްތައް ބޯޑުގެ އެޕޮއިންޓްމަންޓް، ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ވަޒަންކުރުމަށްފަހު ނަން ހުށަހަޅުއްވާފައިވާ ފަރާތްތަކަކީ މިމަގާމަށް އިންތިޚާބުކުރުމަށް ގާބިލް ފަރާތްތަކެއްކަމަށް ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް
25 Oct 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގެ ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...