ފޮޓޯ: ޔޫރޯސްޕޯޓްސް
ފޮޓޯ: ޔޫރޯސްޕޯޓްސް
ކުޅިވަރު 14 Sep 2022 | 02:32

ޗެމްޕިއަންސް ލީގު: ފަހުވަގުތު ދެ ގޯލު ޖަހާ ސްޕޯޓިން އިން ޓޮޓެންހަމް ބަލިކޮށްފި

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި ޕޯޗުގަލްގެސްޕޯޓިން އިން އިނގިރޭސިވިލާތުގެ ޓޮޓެންހަމް ކޮޅަށް ފަހުވަގުތު ދެ ގޯލު ޖަހާ އެ މެޗު ކާމިޔާބުކޮށްފިއެވެ.

ސްޕޯޓިންގެ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ސްޕޯޓިން އިން ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވެސް އެ ޓީމުންނެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީ ގައި ކުޅުނު މި މެޗު ސްޕޯޓިން އިން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ދެ ޓީމުން ވެސް ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމް އިން ކުޅެފައިވަނީ ޑިފެންސިވް ކުޅުމެއްކަން ފާހަގަ ކޮށްލެވެއެވެ. މެޗުގައި ފެނިގެން ގޮސްފައިވާ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު މިނަޓުގައި ލިބުނު ކޯނަރަކުން ސްޕޯޓިންގެ ޕައުލީނޯއެވެ.

އެ ގޯލު ޖެހުމަށްފަހު މެޗުގެ އިތުރު ވަގުތުގައި ސްޕޯޓިން އަށް އެ ޓީމުގެ ދެވަނަ ގޯލު ޖަހައިދީފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާތާއެވެ.

މިރޭގެ މެޗަކީ މި ސީޒަނުގައި ޓޮޓެންހަމް އިން ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.

މި މޮޅާއި އެކު ގްރޫޕުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް އެއްވަނައިގައި ސްޕޯޓިން އިން ވަނީ ހަމަޖެހިލާފައެވެ. ދެވަނައިގައި މިރޭގެ މެޗުން ބަލިވި ޓޮޓެންހަމް އޮތީ ފުރަތަމަ މެޗު ކާމިޔާބުކޮށްގެން ލިބުނު ތިން ޕޮއިންޓާއި އެކުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް