ފޮޓޯ: ޑާރިއޯ އޭއެސް
ފޮޓޯ: ޑާރިއޯ އޭއެސް
ކުޅިވަރު 14 Sep 2022 | 08:28

ޗެމްޕިއަންސް ލީގު: ލިވަޕޫލަށް އަޔަކްސް އަތުން ހަނި މޮޅެއް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ދްޓޭޖުގައި އިނގިރޭސިވިލާތުގެ ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ހޮލެންޑުގެ އަޔަކްސް އަތުން ހަނި މޮޅެއް ހޯދައިފިއެވެ.

ޗެމްޕިއަން ލީގުގެ ގްރޫޕް އޭގައި ކުޅުނު މި މެޗު ކުޅެފައިވަނީ ލިވަޕޫލުގެ ދަނޑުގައެވެ. މެޗުގައި ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ މި ސީޒަނުގެ ކުރިން ކުޅުނު މެޗުތަކުގައި ދެއްކި ދަށް ކުޅުމުގެ ސަބަބުން ލިބުނު ފާޑުކިޔުން ތަކަށް ރަނގަޅު ރައްދެއް ދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ކްލޮޕް ބުނެފައިވަނީ އޭނާގެ ޓީމުން ޗެމްޕިއަންސް ލީގުގައި ނަޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗާއި އަޅާކިޔާއިރު ރޭގެ މެޗުގައި ފެނިގެން ގޮސްފައިވަނީ ވަރަށްވެސް ރަނގަޅު ކުޅުމެއް ކަމަށެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފައިވަނީވެސް ލިވަޕޫލުންނެވެ. އެ ގޯލު މެޗުގެ 17 ވަނަ މިނަޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސަލާހް އެވެ. ނަމަވެސް އަޔަކްސް އިން ވަނީ އޭގެ 10 މިނަޓު ފަހުން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ކުންދުސް އެވެ.

ލިވަޕޫލަށް މެޗު ކާމިޔާބުކޮށްދިން ގޯލު މެޗުގެ ފަހު މިނަޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑިފެންޑަރު ޖޯލް މަޓިޕް އެވެ. މިއީ މަޓިޕް ލިވަޕޫލަށް ޖަހައިދިން ހަތަރު ވަނަ ގޯލެވެ.

މި މެޗާއި އެކު ގްރޫޕް އޭގެ ނަޕޯލީ، ލިވަޕޫލް އަދި އަޔަކްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ނަޕޯލީއިން މިރޭ ރޭންޖާސް އާއި ދެކޮޅަށް ކުޅޭއިރު މި މެޗުން މޮޅުވެގެން ގްރޫޕުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ނަޕޯލީއަށް ލިބިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް