އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްތައް އިފްތިތާހުކުރުން-- ފޮޓޯ/އެފްޑީސީ
އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްތައް އިފްތިތާހުކުރުން-- ފޮޓޯ/އެފްޑީސީ
ހަބަރު 14 Dec 2023 | 08:09

އެފްޑީސީއިން އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްތައް ރަސްމީކޮށް އިފްތިތާހުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން "އަމާން ދޯދި" އެކްސްޕީރިއަންސް ޔުނިޓްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އިއްޔެ ހަވީރު އަމާން ދޯދި ޓަވަރު 16ގައި ބޭއްވި ރަސްމިއްޔާތެއްގައި އަމާން ދޯދީގެ އެކްޕީރިއަންސް ޔުނިޓްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ.ޢަލީ ޙައިދަރު އަޙްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ، އެފްޑީސީއިން އިމާރާތްކުރަމުންދާ 4000 ހާއުސިންގ ޔުނިޓްތައް ހަލުވި ސްޕީޑެއްގައި ނިންމައި، ފްލެޓް ލިބުނު ރައްޔިތުންނަށް އެ ފްލެޓްތައް ހަވާލުކުރުމަށް އެފްޑީސީއިން ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްތަލިބާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ޙުސައިން ޝާމް އާދަމްއާއި، އާބަންކޯގެ ރިއަލް އެސްޓޭޓް މެނޭޖްމެންޓް ޑިރެކްޓަރ ޝާޒިމް ސައީދުގެ އިތުރުން، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާރ ޢަބްދުالله ނާޒިރް އަދި އެފްޑީސީގެ ބޯޑު މެމްބަރު ނަޖީލް އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އަމާން ދޯދި އެކްޕީރިއަންސް ޔުނިޓްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، އަމާން ދޯދީގެ ހައުސިން ޔުނިޓްތައް ތަރައްގީކުރަނީ 16 ޓަވަރަށް ބަހާލައިގެންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ ދެ ކޮޓަރީގެ 600 ޔުނިޓާއި ތިން ކޮޓަރީގެ 1400 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 650 އަކަފޫޓު ކަމަށްވާއިރު ތިން ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ.

އެފްޑީސީގެ ދަށުން ޖުމްލަ 4000 ހައުސިން ޔުނިޓް ތަރައްގީކުރަމުން އަންނައިރު، މި ޔުނިޓްތައް ހަވާލުކުރާނީ ޒަރޫރީ ފިނިޝިންގްގެ މަސައްކަތް ނިންމާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން، ފްލެޓްތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސްހަރުކޮށް، ކުލަލައި، ފާހަނަތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެކަން ފާހަގަކޮށްފައިވެއެވެ.

އެފްޑީސީން "އަމާން ދޯދި" އެކްސްޕީރިއަންސް ޔުނިޓްތައް އާންމުންނަށް މިހާރު ހުޅުވާލާފައިވާއިރު، އެކަމުގެ މަޤްސަދަކީ، ފްލެޓްތައް ހަވާލުކުރުމުގެ ކުރިން، ޒަމާނީ ގެތައް ފަރުމާކުރެވޭނެ ތަފާތު ގޮތްތައް އާންމުންނަށް ދައްކުވައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެފްޑީސީން ބުނީ، ހެޔޮ އަގެއްގައި ދެމެހެއްޓެނިވި އިޖްތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެކުންފުނިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމެއް ކަމަށެވެ.

އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓްތަކަކީ އެފްޑީސީ-އެންބީސީސީ ހައުސިން މަޝްރޫއުގެ ތެރެއިން ދޯދި ޓަވަރު 16 ގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޔުނިޓްތަކެކެވެ. މި ޔުނިޓްތައް އެފްޑީސީގެ އެކްސްޕީރިއަންސް ޔުނިޓް ބުކިންގ ޕޯޓަލް މެދުވެރިކޮށް ބުކްކޮސްލެވޭނެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.