އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު 15 Jun 2023 | 08:05

ފުއްގިރި ޝަރީއަތުގައި 13 ގަޑި އިރު ރައީސް ޔާމީން ބޭންދީ ނަމާދު ކުރައްވާށާ، ފާޚާނާ ކުރައްވަން ވަގުތެއް ނުދީ: އިދިކޮޅު

ރ. ފުއްގިރި މުއާމަލާތާއި ގުޅުވައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި 13 ގަޑި އިރުވަންދެން ޕްލާސްޓިކް ގޮނޑިއެއްގައި އެމަނިކުފާނު ބައިންދަވާފައިވަނީ، ކެއުމާއި، ފާޚާނާ ކުރެއްވުމުގެ އިތުރުން ނަމާދު ކުރައްވަންވެސް ފުރުސަތު ނުދެއްވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

ރައީސް ޔާމީންއަށް ނުހައްގުން އަނިޔާ ކުރަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ލީޑަރުން މިއަދުވެސް ވަނީ އެޗްއާރުސީއެމް އަށް ވަޑައިގެންފައެވެ.

އެއަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރުދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން އަށް ގާނޫނުން ލިބިދޭ ހައްގެއް ނިގުޅައިގަނެ، އެމަނިކުފާނަށް ނުހައްގުން އަނިޔާވެރިވަމުންދާ ކަމަށާ، އެހެންނަމަވެސް އެޗްއާރުސީއެމް އަށް އެތަން ނުފެންފަ ކަމަށެވެ.

ގާނޫނު އަސާސީގައި އޮންނާނެ (ޝަރީއަތް ކުރިއަށްދާ އިރު) ވަގުތާއި ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް. ރައީސް ޔާމީން ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީސް ތަކުގައި އިންނަވަނީ، 8 ފޫޓު 4 ފޫޓުގެ ގޮޅިއެއްގައި، ގިނި ކަންޏާ މާ އެކަނި. ކޮބާތޯ ވަސީލަތްތައް؟ ކޮންމެ ދުވަހަކު 13 ގަޑިއިރު 12 ގަޑިއިރު އެމަނިކުފާނުގެ ޝަރީއަތްތައް ކުރިއަށް ގެންދާއިރު ކޮބައިތޯ ވަސީލަތް؟ ކޮބައިތޯ އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް އެބަ އޮތްތޯ؟ ނޫނީ ދިފާޢުވާން ތައްޔާރު ވުމަށްޓަކައި އެމަނިކުފާނަށް ވަގުތު އެބަ އޮތްތޯ؟

ޕީއެންސީގެ ނާއިބު ރައީސް އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ، 13 ގަޑިއިރު ވަންދެން ޝަރީއަތެއް ދިގުލައި ދެންމުމަކީ ދުނިޔޭގެ ގައުމުތަކުގައި ކަންކަން ކުރަމުން އަންގަ ގޮތެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން ބުރަކަށިފުޅުގެ އާލާސްކަންފުޅެއްގައި އުޅުއްވާއިރު، އެފަދައިން އިންނަންޖެހުމުން، އުނދަގޫވެގެން، ޚދު އެމަނިކުފާނު ވެސް ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރަކު އެމަނިކުފާނަށް އެހާ ގިނައިރު އިންނަން އުނދަގޫ ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ބުރަކަށިފުޅުގެ އާލާސްކަންފުޅާއި ގުޅޭ މައުލޫމާތުތައް ކަރެކްޝަންސްއާއި ދައުލަތާއި ވެސް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. އަދި އެފަދަ ކަމަކާއި ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ އެ ހިސާބުން ޝަރީއަތް މެދު ކަނޑާލަައި ދެފަރާތާއި ވާހަކަ ދައްކައި، ދެ ފަރާތް އެއްބަސްވާ ގޮތަކަށް މެނުވީ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް

"ކީއްވެގެންތޯ އެޗްއާރުސީއެމް އަށް މިކަންކަން ނުފެންނަނީ؟ އެޗްއާރުސީއެމް އަށް މި ފެންނަނީ މީހަކު ކަންފަތް މަތީގައި ޖެހީމާ، އެއީ މީހަކަށް ލިބޭ އަނިޔާ ކަމަށް. މިއީ އަނިޔާ އަކަށް ނުވޭތޯ؟ ކިތައް ރައްޔިތުންގެ ހައްގުތޯ މި ގެއްލެނީ. ކިތައް ރައްޔިތުންގެ އުއްމީދާއި ގުޅިފައި ހުރި ބޭފުޅެއްތޯ ރައީސް ޔާމީން އަކީ. އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް. އެމަނިކުފާނަށް ސައިކޮލޮޖިކަލީ ލިބޭ އަނިޔާއެއީ އަނިޔާ. އެޗްއާރުސީއެމަށް އެކަން ނޭނގެންޏާ އެއީ މައްސަލައެއް"

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދުވެސް ވަނީ، ރައީސް ޔާމީންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، އެމަނިކުފާނަށް އަނިޔާ ކުރަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ޔާމީން ޕްލާސްޓިކް ގޮނޑިއެއްގައި ބައިންދާފައި، 13 ގަޑިއިރު ބޭންދީމާ، އެމަނިކުފާނު އަތް ހިއްލަވާލާފައި އެ ވިދާޅުވަނީ، ފާޚާނަ ކޮށްލަން ވަގުތެއް ނުދޭ، ފަރިއްކުޅުވަން ވަގުތެއް ނުދޭ، ނަމާދުކޮށްލަން ވަގުތެއް ނުދޭ. އަދި ތިމަން މަނިކުފާނުގެ ބުރަކަށީގައި މައްސަލައެއް އެބަހުއްޓޭ. 13 ގަޑިއިރު، 13 ގަޑިއިރު ރޮބަޓަކަށްވެސް ނީނދެވޭނެ 13 ގަޑިއިރު.

ސައީދު ވިދާޅުވީ، ރައީސް ޔާމީން ގެ ހައްގެއް ގެއްލިގެން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައި ވަނިކޮށް، ދަށުކޯޓުގެ މައްސަލަ "އިންޖީނެއް ހެން ހިންގާލަމުންދާ" ކަމަށެވެ. އަދި ދަށު ކޯޓުގެ ބަދަލުގައި ހިންގަންޖެހޭނީ އިސްތިއުނާފް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.