އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭއިން--ފޮޓޯ/ ޕީޕީއެމް
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު 15 Jun 2023 | 11:03

"އަނެއްކާވެސް ކަނޑާއި ގުޅުންހުރި އެއްބަސްވުންތަކެއްގައި ސީޝެލްސް އާއެކު ސޮއިކުރަމުންދާ ކަމަށް މައުލޫމާތު ލިބޭ"

ޗާގޯސްގެ ކަނޑުގެ މައްސަލައާއި ގުޅިގެން ގިނަ ތުހުމަތު ތަކެއް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ޝީޝެލްސްއާއި އެކުވެސް ރާއްޖޭގެ ކަނޑާއި ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން އަންނަ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޝަރީޢަތްތައް ކުރިއަށްދާ ގޮތާއިމެދު ހުރި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން މިއަދުވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންފައެވެ.

އެހެންނަމަވެސް ސީޝެލްސްގެ ވީއައިޕީއެއް ވަޑައިގެން އުޅުއްވާކަމަށްބުނެ މިއަދުވެސް ރައީސް ޞާލިހާއި ބައްދަލު ނުވެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.

މިއާއެކު ޝިޔާމްގެ ވާހަކައިގައި އޭނާ ވަނީ، ދާދިފަހުން ދިވެހިރާއްޖެއާއި ސީޝެލްސްއާއި ދެމެދު ސޮއިކުރެވު އެއްބަސްވުންތަކާއި ގުޅޭގޮތުން އަލި އަޅުވާލައްވައި، އެ އެއްބަސްވުންތަކުގެ ތެރޭގައިވެސް ރާއްޖޭގެ ކަނޑާއި ގުޅޭ އެއްބަސްވުންތަކެއް ހިމެނޭކަމަށް މައުލޫމާތު ލިބިލައްވާފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ "ޑީލެއް" ހައްދަވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ކަމަށްވެސް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

"ޝާހިދު އަމިއްލަފުޅު ޑީލް ތަކެއް ހައްދަވައިގެން ކަމަށް އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބެނީ. އަނެއްކާވެސް ދިވެހިރާއްޖޭގެ ކަނޑުގެ މައްސަލައެއްގައި. މިހިރަ ފޮތިގަނޑުތައް ބަލާލީމާ. ވަރަށް ސްޓްރެޓެޖިކް ގުޅުމެއްގެ ވާހަކަ މިދައްކަނީ ސީޝެލްސްއާއެކީ. ސީޝެލްސްއާ އެކީގައި ކޮން ގުޅުމެއްތޯ ސްޓްރެޓެޖިކް އަޅުގަނޑުމެންގެ އޮންނަން ޖެހޭނީ؟ އަޅުގަނޑުމެންނަށް މި ލިބޭ މައުލޫމާތު ގައި، އަނެއްކާވެސް ކަނޑާއި ގުޅުންހުރި އެގްރީމެންޓް ތަކެއްގައި ސީޝެލްސްއާ އެކީގައި ސޮއިކުރެވިގެން މިދަނީ. އަނެއްކާވެސް ދިވެހި ރައްޔިތުންގެ، ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއްގެ ވާހަކަ މިދެކެވެނީ."

ޝިޔާމް ވިދާޅުވީ، އެފަދަ ހުރިހާ "ޖަރީމާއެއް" ސަރުކާރުން ހިންގަމުންދަނީ ދިވެހިރައްޔިތުންނަށާއި، ރައްޔިތުންގެ މަޖިލީހަށް ވެސް ނާންގާ ކަމަށެވެ. އަދި އެކަމުގެ އެންމެ އަޑީގައި ހުންނަވަނީ ޝާހިދު ކަމަށާ، އެކަމާއި ގުޅޭ މާ ބޮޑު މައުލޫމާތެއް ރައީސް ޞާލިހަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިއާއެކު އޭނާ ވަނީ، އެނގިވަޑައިގެންނާއި، އެނގިވަޑައިނުގަންނަވާވެސް ރައީސް ޞާލިހު އަންނަނީ ދިވެހިންނަށް ގެއްލުމެއް ވާނެ ހުރިހާ ކަމެއް ކުރައްވަމުން ކަމަށް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، އިންސާފު ހޯދައި ކަންކަން ބަދަލު ކުރުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.