N/A
N/A
ވިޔަފާރި 15 Oct 2023 | 05:16

"މޫލީ" އިން ޑިސްކައުންޓްތަކާއިއެކު އެޕަލް އަދި ސެމްސަންގް ޕްރޮޑަކްޓްތައް ލިބޭ "ޑިވައިސް ފްލޭޝް ސޭލް" ފަށައިފި!

އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ ޕްލެޓްފޯމް އިން "ޑިވައިސް ފްލޭޝް ސޭލް" ގެ ނަމުގައި ޙާއްޞަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާރޓްފޯނާއި އެކްސެސަރީޒް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ އިން ބުނީ، މި ޕްރޮމޯޝަންގައި، އެޕަލް މެގްސޭފް ޗާޖަރ، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސް، ގެ އިތުރުން ސެމްސަންގް ގެ މަގްބޫލް ފޯނުތައް ބައްލަވައިގަނެވޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މިހާރު %7 ގެ ޑިސްކައުންޓްއާއި އެކު މޫލީ ވެބްސައިޓް www.moolee.mv  މެދުވެރިކޮށް މިހާރު ބައްލަވައިގަނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވާގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވަރވެސް ކޮށްދޭއިރު، މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރުހިފޭ ކޮލިޓީ ޕްރޮޑަކްޓް ހެޔޮ އަގުގައި ކޮންމެތާކު ކޮންމެވަގުތެއްގައިވެސް ފަސޭހަކަމާއެކު ވިޔަފާރިކޮށްލެވޭނެ ފުރިހަމަ ޕްލެޓްފޯމެކެވެ.

ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރިކުރެވޭ މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ ތަޖުރިބާ އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އޮންލައިން ޕޭމަންޓާއި އީޒީ ރިޓަރންސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...