ޕީއެސްޖީއަތުން ބަލިވި މެޗްގައި ސިޓީގެ ކުޅުންތެރިން މާޔޫސްވެފައި.. ފޮޓޯ: ސްކައި
ޕީއެސްޖީއަތުން ބަލިވި މެޗްގައި ސިޓީގެ ކުޅުންތެރިން މާޔޫސްވެފައި.. ފޮޓޯ: ސްކައި
ކުޅިވަރު 15 Oct 2026 | 04:34

ޕީއެސްޖީއަތުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރިމެޗް ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޕީއެސްޖީ ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މިމެޗްގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުން ވަނީ ފުރަތަމަ ހާފްގައި ތިން ލަނޑު ޖަހާފައެވެ. ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މި މެޗްގައި ޕީއެސްޖީއަށް ގޯލް ހުޅުވާލަދިނީ 13 ވަނަ މިނެޓް ތެރޭގައި ޑެސިރޭ ދޫއޭ އެވެ. މެޗްގައި ދެން ޕީއެސްޖީއަށް ލަނޑުތައް ޖަހައިދިނީ އޮސްމާނޭ ޑެމްބޭލޭ އަދި ވިޓީނިއާ އެވެ.

ދެވަނަ ހާފުގައި ސިޓީން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ 53 ވަނަ މިނެޓް ތެރޭގައި އާލިން ހާލަންޑް ލަނޑެއް ކާމިޔާބު ކުރުމެވެ. ސިޓީން މެޗުގެ ތެރެއަށް އެނބުރި އަންނަން މަސައްކަތް ކުރަމުންދަނިކޮށް، މަގްނޭސް އަކްލިއޫޝް ވަނީ ޕީ.އެސް.ޖީގެ ހަތަރުވަނަ ލަނޑު ޖަހައި ސިޓީ ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލާފައެވެ. މެޗްގައި ސިޓީންޖެހި ދެވަނަ ލަނޑުވެސް ޖަހައިދިނީ ހާލާންޑެވެ. މެޗްގައި ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޓޯރޭޒް ޖެހި ޕެނަލްޓީވަނީ ކީޕަރު ދިފާއުކޮށްފައެވެ.

މި މެޗު ބަލަން ސިޓީގެ ކުރީގެ ކޯޗް ގާޑިއޯލާގެ ސްޓޭޑިއަމްގައި އިންއިރު އި ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކާއި ޗީފް އެގްޒެކެޓިވް ފެރާން ސޮރިއާނޯ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަހުވަގުތު ޖެހި ލަނޑުތަކާއެކު، ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށްފި
15 Oct 2026 ކުޅިވަރު

ފަހުވަގުތު ޖެހި ލަނޑުތަކާއެކު، ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށްފި

މެޗްގައި މޮރީނިއޯ ގެނައި ބަދަލުތަކާއެކު ދެން ފެނިގެންދިޔައީ މެޗްގެ އޮއިވަރު ބަދަލުވެގެން ދިޔަ ތަނެވެ. އެގޮތުން 83 ވަނަ މިނެޓުގައި ކާލޯސް އެސްޕީ ރެއާލްގެ ދެވަނަ ލަނޑު ޖަހައި އުއްމީދު އާކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ބަދަލު ކުޅުންތެރިޔާ އެންޑްރިކް ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.

އާސެނަލުން ހަތް މިނެޓް ތެރޭ ލިލް ކޮޅަށް ތިން ލަނޑު ޖަހައި ފެންވަރު ދައްކާލައިފި
14 Oct 2026 ކުޅިވަރު

އާސެނަލުން ހަތް މިނެޓް ތެރޭ ލިލް ކޮޅަށް ތިން ލަނޑު ޖަހައި ފެންވަރު ދައްކާލައިފި

މެޗްގައި ލިލްއަށް މާބޮޑުކަމެއް ނުކުރެވުނެވެ. މެޗްގައި ލީލްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާސެނަލްގެ ކުރީގެ ފޯވާޑް އޮލިވިއޭ ޖިރޫއަށް އާސެނަލްގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...