ފުލުހުންގެ ކާރަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
ފުލުހުންގެ ކާރަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ގާތްގަނޑަކަށް 12:45 ކަންހާއިރު ކަމަށެވެ.
އަދި މިއެކްސިޑެންޓްގައި ފުލުހުންގެ ކާރަށާއި ޓެކްސީއަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށާ، އެހެންނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއާއެކު މީޑިއާ އޮފިޝަލް ވިދާޅުވީ މިއެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކްސިޑެންޓް ހިނގުމަށް މެދުވެރިވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް