މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާާއެއް ހިނގައިފި؛ އެކަކަށް ފަރުވާދެނީ!
މާލޭ ގެއެއްގައި, ކައްކަން ގެންގުޅޭ ގޭސްފުޅިއަކުން ގޭސް ލީކުވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މއ. ގުލާބީގޭގެ ފަސްވަނަ ފަންގިފާލާގެ އެޕާޓްމަންޓެއްގައި ހިނގި މިއަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ގޭސްފުޅިން ގޭސް ލީކުވެފައި ހުއްޓާ އުނދުން ޖެއްސުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވާފައިވެއެވެ.
އަދި މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް، ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާދިސާގައި މީހަކަށް އަނިޔާވެފައިވާ ކަމަށާ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާއި ގުޅޭ ތަފްސީލް ހާމަކުރައްވާފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ.....
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް