މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން-- ފޮޓޯ: މަޖިލިސް
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން-- ފޮޓޯ: މަޖިލިސް
ހަބަރު 16 Nov 2022 | 11:08

އަންނަ މަހުގެ 16 ވަނަ ދުވަހު އޮލިމްޕަސް ހުޅުވޭނެ: ޔުމްނާ

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތް ނިންމައި އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވާނެކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮލިމްޕަހުގެ މަސައްކަތް ނިންމޭނެ ތާރީޚަކާއި، މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާޢީ ކުރެއްވި ސުވާލައް ޖަވާބު ދެއްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ، އޮލިމްޕަސް ހުޅުވުން ލަސްވެފައިވަނީ އެތަން ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމަށް ދިމާވި ދަތިތަކުގެ ސަބަބުންކަމަށެވެ.

ނަމަވެސް މަސައްކަތް ކުރައްވަމުން ދަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ކަމަށާ، އެގޮތުން ހުޅުވިގެންދާއިރު، އޮލިމްޕަހުގައި ފިލްމް ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާއި، މިއުޒިކާއި ޑާންސް ޕްރެކްޓިސްކުރުމަށް ޚާއްސަ ކޮޓަރިތައް ހެދިގެންދާނެކަމަށް ޔުމްނާ ވިދާޅުވިއެވެ.

"މި މަޝްރޫއު ނިމިގެންދާއި ސަރައުންޑިންގ ސައުންޑް ސިސްޓަމްތަކާއި، ސްޓޭޖް ޑްރާމާތައް ކުރިއަށް ގެންދެވޭނެ ގޮތައް ލައިޓްސްތައް ހުންނާނެ. ކެފޭ އެއް ހުންނާނެ. ފަންނާނުން ހިންގާ ހަރަކާތްތައް އިޝްތިހާރު ކުރެވޭނެ ގޮތް ހުންނާނެ" މިނިސްޓަރ ޔުމްނާ މަޢުމޫން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރިގޮތަށް، މިހާތަނަށް އޮލިމްޕަސް ހުޅުވާފައި ނުވާއިރު އެތަން މަރާމާތުގެ މަސައްކަތްތައް ފެށީ ބަންދުކޮށްފައިވަނިކޮށެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އެގޮތުން ޓިކެޓް ކައުންޓަރަށް ބަދަލުގެނައުމާއި، ކޮރިޑޯއާއި އަދި އިމާރާތުގެ ބޭރަށްވެސް ބަދަލު ގެނެސްފައިވެއެވެ.

އޮލިމްޕަސް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 2ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2021 ގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެވުނު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ދިން އެހީގައެވެ. އެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރޗް 8 ވަނަ ދުވަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި
24 Nov 2026 ހަބަރު

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި

މީދޫ ފަޅުތެރެއިން ދާ ޖަހައިގެން ބައެއް ފަރާތްތަކުން މުށިމަސް ހިފަމުންދާތީ، ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ވާތީވެ އެކަން ނުކުރުމަށް އެދޭކަމަށެވެ.

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ
24 Nov 2026 ހަބަރު

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ބޯޑެއް ޝޯޓްވެގެންނެވެ.

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
24 Nov 2026 ހަބަރު

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ
24 Nov 2026 ހަބަރު

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ

އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައާރަފްކުރާ އައު ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާއި ދެމެދު ކުރެވިގެންދާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި
24 Nov 2026 ހަބަރު

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި
24 Nov 2026 ހަބަރު

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި

ސެންޓަރ ސެންޓަރޕްރައިސަސްއަށް ދައުލަތުން ދެ މިލިއަން ޑޮލަރު ދެއްކުމަށް ސިވިލްކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރިއިރު، އެކުންފުނީގެ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލްވެސް ވަނީ ފާހަގަކުރައްވާފައެވެ.

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި
24 Nov 2026 ހަބަރު

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި އެވެ.