ޝަތުފާ އެމްޑީޕީން އިސްތިއުފާ ދީފި!
މި ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުރި އައިމިނަތު ޝަތުފާ ޝަފީއު، އެމްޑީޕީން އިސްތިއުފާދީފިއެވެ.
ޝަތުފާ އެމްޑީޕީން އިސްތިއުފާ ދިންކަން އަންގައި، އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މިއަދު ފޮނުވި ސިޓީގައި ވަނީ އެޕާޓީގެ ދަފްތަރުން އޭނާގެ އުނި ކުރަން އެދިފައެވެ. އަދި އެމްޑީޕީއަށް އަބަދުވެސް ކާމިޔާބީއަށް އެދޭ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެ ޕާޓީން އޭނާ ވަކިވި ސަބަބު އެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.
ޝަތުފާ އެމްޑީޕީން ވަކިވެފައިވާްިރު، އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ ދިފާއުގައި މީސް މީޑިއާގައި ވަރަށް ބޮޑަށް ވަކާލާތު ކުރަމުންއައި ފަރާތެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ޚާއްސަކޮށް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން ރައީސް ޞާލިހަށް ކެންޕެއިން ކޮށްދީ، ޕީޕީއެމް/ޕީއެންސީއަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް