ކްރިމިނަލް ކޯޓު ރިސެސްއަށް ނުދާނެ ކަމަށް ނިންމައިފި
ކްރިމިނަލް ކޯޓުގެ މައްސަލަތައް ނުނިމި ގާޒީންގެ ބެކްލޮގު ބޮޑުވެފައިވާތީ، މި އަހަރު ކްރިމިނަލް ކޯޓު ރިސެސްއަށް ނުދިއުމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމައިފި އެވެ.
މި އަހަރު ރިސެސްއަށް ނުދާން އެކޯޓުން ނިންމީ، ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން، މައްސަލަތައް ނުނިމި ގާޒީންގެ ބެކްލޮގު ބޮޑުވެފައިވާތީއެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ މެދުތެރޭގައި، އަދި އަހަރުގެ ފަހުކޮޅު ކްރިމިނަލް ކޯޓު ރިސެސްއަށް ދެ އެވެ. ނަމަވެސް މި އަހަރުގެ މެދު ތެރޭގައިވެސް ކްރިމިނަލް ކޯޓުން ރިސެސްއަކަށް ނުދެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ ކޯޓުގެ ގާޒީންގެ މަޖިލީހުން، އަންނަ މަހު ވެސް ރިސެސްއަށް ނުދިއުމަށް ނިންމާފައިވަނީ ޖޫން މަހު ރިސެސްއަށް ނުދިއުމަށް ނިންމި ސަބަބުތައް އަދިވެސް އެގޮތުގައި ހުރުމުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް