ފޮޓޯ/ބީއެމްއެލް
ފޮޓޯ/ބީއެމްއެލް
ވިޔަފާރި 16 Dec 2022 | 09:58

ބީއެމްއެލް އިން 10 ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.

އަދި ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 260 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތަކަކީ:

މުލަކު ސްކޫލް، މ. މުލައް

މަރަދޫ ސްކޫލް، ސ. މަރަދޫ

މާވަށު ސްކޫލް، ލ. މާވަށް

ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ

ގއ. އެޑިއުކޭޝަން ސެންޓަރ، ގއ. ވިލިގިނލި

ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ތ. ތިމަރަފުށި

ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ

ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ

ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ނ. ވެލިދޫ

ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު

މިވޭތުވެދިޔަ ތިން އަހަރު ތެރޭ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް
25 Oct 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގެ ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...