މާލޭ ގެއެއްގައި ތިން ފިރިހެނުން ރަހީނުކޮށްގެން އަނިޔާކުރި ކުއްޖަކު ހައްޔަރުކޮށްފި
މާލޭގެ ގެއެއްގައި ތިން ފިރިހެނުން ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ފިރިހެނަކާއި ކުއްޖަކު ހައްޔަރުކޮށްފިއވެ.
ފުލުހުން ބުނީ، ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް މިއަދު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެޓެންޑްވެ، ބާރުގެ ބޭނުން ކޮށްގެން އެތަނުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.
އަދި ރަހީނު ކޮށްފައި ތިބި ދިވެހި ތިން ފިރިހެނުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
"އެމީހުންނަށް އެކި ވަރުގެ އަނިޔާ ކޮށްފައިވޭ" ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ޑޮކްޓަރަށް ދެއްކުމަށް އެމީހުން ވަނީ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް