ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން... ފޮޓޯ: ފުލުހުން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން... ފޮޓޯ: ފުލުހުން
ހަބަރު 17 Oct 2026 | 18:37

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި

ކެފޭއެއްގެ ގޮތުގައި މަސްތުވާތަކެތި ވިއްކައި ބޭނުންކުރަމުންދިޔަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ހައްޔަރުކުރި ހަ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނި ގޮތުގައި އެ ހަ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ. އެ ތަނުގައި ކެފޭއެއްގެ އުސޫލުން މަސްތުވާތަކެތި ވިއްކައި، އެ ތަކެތި ބޭނުންކުރުމަށް އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހުން ތިބި އެޕާޓްމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު-، ފައިސާ އާއި، މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ އާލާތެއްވެސް އެތަނުނ ްވަނީ ފެނިފައެވެ. އަދި އެތަނުން މަސްތުވާތަކެތީގެ އިތުރުން، ފައިސާ ވެސް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުކުރި ބައެއް މީހުން އެ ތަނުން އަބަދުވެސް ވަދެ ނުކުމެ ހަދާ ކަމުގެ ހެކިބަސް ލިބިފައިވާ ކަމަށް ވެސް ފުލުހުން ކޯޓަށް ހާމަކޮށްފައިވެއެވެ.

ތުހުމަތުގައި ކޯޓަށް ގެންދިޔަ މީހުން ބުނެފައިވަނީ، އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ އެމީހުންނަށް އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތައް ބަލައި، ހަ މީހުން ވެސް 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު
17 Oct 2026 ހަބަރު

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު

ސައީދު މިރޭ ބުނެފައިވަނީ ފުލުހުން އޭނަ ހައްޔަރުކުރިނަމަވެސް ހަޅުތާލު ކުރިއަށްގެންދާނޭކަމަށާއި، ބޭނުންވަނީ މި މައްސަލައަށް ދައިމީ ހައްލެއްކަމަށެވެ. މި މައްސަލާގައި ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާތާ ދޮޅުއަހަރުވެފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްޠީނަށް ރާއްޖޭގެ ތާއީދު ދެމިއޮންނާނެ: އިރުތިޝާމް
17 Oct 2026 ހަބަރު

ފަލަސްޠީނަށް ރާއްޖޭގެ ތާއީދު ދެމިއޮންނާނެ: އިރުތިޝާމް

އިރުތިޝާމް ވަނީ، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުންދާ ވަކާލާތު ކުރިއަށްވެސް ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށްކޮށްގެން، މިނިވަން އަދި ސިޔާދަތު ހުރި ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަކީ ރާއްޖޭގެ ސިޔާސަތު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި
17 Oct 2026 ހަބަރު

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި

މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް
17 Oct 2026 ހަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ފުލުސް އޮފިސަރަކަށް ސައިކަލުން ޖެއްސި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެއެވެ. އޮފިސަރުގެ ހާލަތު އަދި ހާމައެއް ނުކުރެއެވެ.

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން
17 Oct 2026 ހަބަރު

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި އެ އޮފިސަރު ފަސްޖެހުމެއްނެތި ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ވަޒީރު ވަނީ ސާބަސް ދެއްވާފައެވެ

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
17 Oct 2026 ހަބަރު

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން އުނދަގޫކުރަމުންދާ މި މީހާގެ މައްސަލަ މީގެކުރިންވެސް އެތައް ފަހަރަކު ފުލުހަށް ހުށަހަޅާފައިވާއިރު، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިއަދުވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް
17 Oct 2026 ހަބަރު

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫސިޓީ މީދޫގައި ބޭއްވި ޚާއްޞަ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި މީދޫއަކީ ފާހަގަކޮށްލެވޭ ފަދަ ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ.

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
17 Oct 2026 ހަބަރު

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް އެމްޑަބްލިއުއެސްސީން ދިރާސާއެއް ފަށައިފިއެވެ. މި ޓެކްނޮލޮޖީން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިން 50 އިންސައްތައަށް ދަށްކުރެވޭނެއެވެ.