ހުޅުމާލޭ ހުންނަ ރެހެންދި ސުކޫލު--ފޮޓޯ: އަވަސް
ހުޅުމާލޭ ހުންނަ ރެހެންދި ސުކޫލު--ފޮޓޯ: އަވަސް
ހަބަރު 18 Jun 2023 | 05:02

ރެހެންދި ސުކޫލަށް "އޮޅިގެން" ދަރިވަރެއް ލައްވާ، ނަޞާރާދީނުގައި ދުޢާ ކުރާާގޮތް ކިޔައި ދެވިއްޖެ!

ރެހެންދި ސުކޫލަށް "އޮޅިގެން" އެ ސުކޫލުގެ ދަރިވަރެއް ލައްވާ ނަޞާރާދީނުގައި ދުޢާކުރުމުގައި ޢަމަލު ކުރާގޮތް ކިޔައި ދެވިއްޖެ އެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ، އެ ދަރިވަރު ދިޔައީ ފޮތެއް ބަލައިގެން އެ ފޮތުގައި ހުރި އެއްޗެހި ކިޔަމުންނެވެ. ރެހެންދި ސުކޫލުން މައުލޫމާތު ދީފައިވާ ގޮތުގައި، އެއީ އެ ސުކޫލާއި ރީޑިން ރޫމާއި ގުޅިގެން ހިންގި "ރީޑިންގ ޕުރޮގުރާމް"ގެ ތެރެއިން ވަހަކަ ފޮތްބަލައިގެން ކިޔުމުގެ ޕުރޮގުރާމެކެވެ.

މިޕްރޮގްރާމްގެ ތެރެއިން އެ ދަރިވަރު ކިޔަމުން ދިޔަ ފޮތުގައި ވަނީ ދުއާ ކުރުމުގައި ނަޞާރާ ދީނުގެ ސޮލީބަށް އަމަލު ކުރުމަށް ކިޔައި ދީފައެވެ.

އެގޮތުން، ދަރިވަރު ކިޔާފައި ވަނީ، "ކްރޮސް ޔުއަރ ހާޓް އެންޑް ޕްރޭ ޓު ހެވަން (ހިތުގައި ސަލީބު (ރަސްގެ) ފަވާލާފައި އުޑަށް/ސުވަރުގެއަށް އަޅުކަން ކުރޭ)" އެފަދައިންނެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ސުކޫލަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

އެގޮތުން، އެއީ މީހުންގެ ޅަ ދަރިން ހަލާކު ކުރުން ކަމަށާ، އެކަމެއް ކުރުވި މީހަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ.

އަދި އެފަދަ ކަންކަން ކުރުވަނީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށް އެއްބަޔަކު ތުހުމަތު ކޮށްފައިވާއިރު, އަނެއް ބަޔަކު ވަނީ އެކަމާއި ގުޅިގެން ތުހުމަތުގެ އިނގިލި ރެހެންދި ސުކޫލުގެ މެނޭޖްމަންޓަށް އަމާޒުކޮށްފައެވެ. އެގޮތުން، އެސުކޫލުގެ މެނޭޖްމަންޓަކީ ލާ ދީނީ މެނޭޖްމަންޓެއް ކަމަށާ، އެ މެނޭޖްމަންޓް ބަދަލު ކުރާންޖެހޭ ކަމަށް ބުނެފައެވެ.

އެފަދަ ގިނަ ފާޑުކިޔުންތަކެއް ރެހެންދި ސުކޫލަށް އަމާޒުވެފައިވަނިކޮށް އެ ސުކޫލުން ކުރި ޓުވީޓެއްގައި ވަނީ, އެއީ ރީޑިންގ ޕްރޮގްރާމްގެ ތެރެއިން ދަރިވަރެއް ފޮތެއް ކިޔަމުން ދިޔަ ވީޑިއޯ ކަމަށެވެ. އަދި އެ ރީޑިންގ ޕުރޮގުރަމުގެ ތެރެއިން ދުޢާކުރުމުގައި ނަޞާރާދީނުގައި އަމަލުކުރާގޮތަށް އަމަލު ކުރުމަށް ދަރިވަރުންނަށް ކިޔައިދީފައި ނުވާނެ ކަމަށް ބުނެފައެވެ.

ރެހެންދި ސުކޫލުން އެފަދައިން ބުނެފައިވާއިރު, އެފަދަ ފޮތްތައް ދަރިވަރުން ލައްވާ ކިޔުއްވާއިރު އޭގައި ހުރި އެއްޗެއް ނުބެލުމާއި، އެ ކިޔަމުން ދިޔައިރުވެސް ނުހުއްޓުވީތީ މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ރީޑިންގ ޕްރޮގްރާމްގެ ތެރެއިން ނަމަވެސް އެފަދައިން ކިޔައި ނުދެވޭ ކަމަށް ނުވާނެ ކަމަށްވެސް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.