ރިސޯޓެއްގައި ފަތުރުވެރިއެއް ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފި
ކ. އަތޮޅަށް ނިސްބަތްވާ ރިސޯޓެއްގައި ފަތުރުވެރިއެއް ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ފަތުރުވެރިއެއް އެ ރިސޯޓް މުވައްޒަފަކު ރޭޕް ކުރި މައްސަލައެއް އިއްޔެ މީސްމީޑިއާގައި ވަނީ ފެންމަތިވެފައެވެ.
އެކަމާއި ގުޅިގެން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ފަތުރުވެރިޔާ ރޭޕް ކުރި މައްސަލަ މިމަހު 6 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް