ބުރުނާއީ އަށް ފުރި ގައުމީ ފުޓްބޯޅަ ޓީމު -- ފޮޓޯ: އެފްއޭއެމް
ބުރުނާއީ އަށް ފުރި ގައުމީ ފުޓްބޯޅަ ޓީމު -- ފޮޓޯ: އެފްއޭއެމް
ކުޅިވަރު 18 Sep 2022 | 07:32

އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ގައުމީ ފުޓްބޯޅަ ޓީމު ބުރުނާއީ އަށް ފުރައިފި

ބުރުނާއީ އާއި ލާއޮސް އާއި ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހެދުނު ބުރުނާއީ އަށް ފުރައިފިއެވެ.

މި އަހަރުގެ ވޯލްޑް ކަޕުގެ ކުރިން ލިބޭ ހަމައެކަނި އިންޓަނޭޝަނަލް ބްރޭކް މި ހަފްތާ ފެށޭއިރު މި މެޗުތަަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ގައުމީ ޓީމުން ވަނީ އޭދަފުށީ ޓީމާއި ދެކޮޅަށް އެރަށުގައި އެކުވެރި ކަމުގެ މެޗެއް ކުޅެފައެވެ. މި މެޗު ގައުމީ ޓީމުން ކާމިޔާބު ކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުން ގައުމީ ޓީމުންނެވެ.

ބުރުނާއީގައި ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުންނާނީ އެ ގައުމާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ދެވަނަ މެޗުގައި ރާއްޖެއިން ލާއޮސްއާއި ދެކޮޅަށް ނުކުންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ގައުމީ ޓީމުން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ ޖޫން މަހު 14 ވަނަ ދުވަހު އޭސިއަން ކަޕް ކޮލިފިކޭޝަން ގައި އަވައްޓެރި ސްރީ ލަންކާ އާއި ދެކޮޅަށެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް