ސަލިބާގެ ގޯލަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އާސެނަލް
ސަލިބާގެ ގޯލަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އާސެނަލް
ކުޅިވަރު 18 Sep 2022 | 13:50

ޕްރިމިއާ ލީގު: އާސެނަލް އިން ބްރެންޓްފޯޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް

ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެންމެ ވަރުގަދަކޮށް ފެންނަމުންދާ އާސެނަލް އިން ބްރެންޓްފޯޑް ބަލިކޮށް އެއްވަނައަށް ޖެހިލައިފިއެވެ.

މި ސީޒަނުގައި އެ ޓީމުން މިހާތަނަށް 7 ލީގު މެޗު ކުޅެފައިވާއިރު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފިޔަވާ އަނެއް ހަ މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. 7 މެޗުން 18 ޕޮއިންޓު ގޯދައިގެން އެ ޓީމު އެއްވަނައިގައި އޮތް އިރު ދެވަނަ އަދި ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. އިންޓަނޭޝަނަލް ބްރޭކް އަށްފަހު އާސެނަލް އިން ނިކުންނާނީ ސިޓީއާއި ފައިދާ ގޯލުގެ ތަފާތުން ތިންވަނައިގައި އޮތް ޓޮޓެންހަމްއާއި ދެކޮޅަށެވެ.

ބްރެންޓްފޯޑުން އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް ކޮޅަށް ފަސް ގޯލު ޖަހާ ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް މިރޭގެ މެޗުގައި އެ ޓީމަށް ވަނީ އަމިއްލަ ދަނޑުގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ. މެޗު ފަަށައިގެން މެޗުގެ ކޮންޓްރޯލް ނަގައި ރަނގަޅަށް ކުޅެމުން ދިޔައީ އާސެނަލް އިންނެވެ.

މެޗުގައި އާސެނަލް ޖެހި ތިން ގޯލުގެ ތެރެއިން ފުރަތަމަ ގޯލު މެޗުގެ 17 ވަނަ މިނަޓުގައި ޖަހައިދިނީ ޑިފެންޑަރު ސަލިބާއެވެ. އޭގެ 11 މިނަޓު ފަހުން އެ ޓީމުގެ ދެވަނަ ގޯލު ޖަހައިދިނީ ގެބްރިއަލް ޖީސަސްއެވެ. އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަބިއޯ ވިއެރާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފައިވަނީ މެޗުގައި ފުރަތަމަ ގޯލު ޖެހި ސަލިބާ އަނިޔާގެ ސަބަބުން ދުރުގައި ހުރުމަށްފަހު ޓީމާއި އެކު ފަރިތަކޮށްފައިވަނީ އެންމެ ފަހަރަކު ކަމަށާއި، އޭނާ މި މެޗުގައި ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަަމަ ޖެހޭ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް