ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން މިއިންޒަމާނަކު މިހާ ދަށުދަރަޖަ އަކަށްނުދޭ: މުހުތާޒް
ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން މިއިން ޒަމާނަކު މިހާ ދަށުދަރަޖައަށްނުދާ ކަމަށް ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް މުހްތާޒް މުޙްސިން ވިދާޅުވެއްޖެއެވެ.
މުހްތާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން މިއިންޒަމާނަކު މިހާ ދަށުދަރަޖައަށް ނުދާ ކަމަށާއި ޒިންމާ ނަގާނެ ފަރާތެއް ނެތް ކަމަށެވެ.
މުހްތާޒްގެ އިތުރަށް ވިދާޅުވެފައިވަނީ ފެން ވަދެގެން ފެމިލީ ކޯޓުގެ މަސައްކަތް ހުއްޓިފައި ކަމަށާއި، ކްރިމިނަލް ކޯޓުގެ މަސައްކަތް އިމާރާތެއް ނެތިގެން ހުއްޓިފައިވާ ކަމަށެވެ.
މީގެ އިތުރުން ސިވިލް ކޯޓުގެ މަދަނީ ޢިޖުރާތާއި ގުޅިގެން މަސައްކަތް ވަނީ ލަސްވެފައި ކަމަށެވެ.
މިހުތާޒް މިހެން ވިދާޅުވެފައި މިވަނީ އިއްޔެ މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓުގެ ލިޔެ ކިޔުންތަކާއި ތަކެއްޗަށް ގެއްލުން ތަކެއް ވެ ބައެއް ޚިދްމަތްތައް މެދު ކެނޑި އެއްބައި ޚިދްމަތްތައް ޖަސްޓިސް ބިލްޑިންގ އަށް ބަދަލުކޮށްފައި ވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް