އިޕްސްވިޗާ ކޮޅަށް ލަނޑުޖެހުމަށްފަހު ސިޓީގެ ކުޅުންޔތެރިން.، ފޮޓޯ: މެންޗެސްޓަރ ސިޓީ
އިޕްސްވިޗާ ކޮޅަށް ލަނޑުޖެހުމަށްފަހު ސިޓީގެ ކުޅުންޔތެރިން.، ފޮޓޯ: މެންޗެސްޓަރ ސިޓީ
ކުޅިވަރު 18 Oct 2026 | 09:20

އިޕްސްވިޗް އަތުން ހަނިގޮތަކަށް މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި އިޕްސްވިޗް ބައްދަލުކުރިމެޗް ހަނިގޮތަކަށް ސިޓީ ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދާފައިވަނީ ސިތީންނެވެ. އެއީ މެޗްގެ 19 ވަނަ މިނެޓްގައި ފޯޑެން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް ސިޓީން ލީޑް ނެގިތާ މާ ގިނައިރުތަކެއްނުވެ، އިޕްސްވިޗްގެ ޑައިޒެން މައެޑާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ސިޓީން މެޗުގެ ކޮންޓްރޯލް ހޯދީ އިތުބާރު ފޯވާޑް އާލިން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކުގައެވެ. ހާލާންޑް ފުރަތަމަ ލަނޑު ޖަހާފައިވަނީ، 34 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ލަނޑު ޖެހީ 69 ވަނަ މިނެޓް ތެރޭގައެވެ.

މެޗުގެ ފަހުކޮޅު އިޕްސްވިޗަށް ލިބުނު ޕެނަލްޓީއަކުން ޒިއާން ފްލެމިން ލަނޑެއް ޖެހި ނަމަވެސް، ސިޓީން ވަނީ މެޗުގެ ނަތީޖާ ދަމަހައްޓައި ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ. މި މޮޅާއެކު ސިޓީން ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުންވެސް މޮޅުވެ، އާ ރެކޯޑެއް ގާއިމުކޮށްފައެވެ. މިއީ ލީގުގެ ތާރީޚުގައި މެނޭޖަރަކު ފުރަތަމަ ހަތް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން މައިކަލް ކެރިކް ވަކިކޮށްފި
12 Nov 2026 ކުޅިވަރު

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން މައިކަލް ކެރިކް ވަކިކޮށްފި

ޔުނައިޓެޑުން ވަނީ، މިކަން އެ ކްލަބުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރި ޕޯސްޓަކުން ކަށަވަރުކޮށްދީފައެވެ.

މެންޗަސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ އައްޔަނުކުރުމަށް ތައްޔާރުވަނީ
11 Nov 2026 ކުޅިވަރު

މެންޗަސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ އައްޔަނުކުރުމަށް ތައްޔާރުވަނީ

އެގޮތުން، ޔުނައިޓެޑުން އެންމެ ފަހަށް ކުޅުނު 15 މެޗުގެ ތެރެއިން މިހާތަނަށް އެންމެ 3 މެޗުން މޮޅުވެފައިވާއިރު، ކްލަބުގެ އިސްވެރިން އަންނަނީ ކެރިކްގެ ބަދަލުގައި ޓީމާ ހަވާލުވާން އެންމެ އެކެށީގެންވާ ކޯޗަކީ އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ ކަމަށް ނިންމައި އޭނާ ކޯޗުގެ މަގާމަށް އައްޔަނުކުރުމަށް ތައްޔާރުވަމުންނެވެ.

ނޮޓިންގހަމް ފޮރެސްޓުން މެންޗެސްޓަރ ސިޓީ ބަލިކޮށް، ހައިރާންކުރުވަނިވި ނަތީޖާއެއް
08 Nov 2026 ކުޅިވަރު

ނޮޓިންގހަމް ފޮރެސްޓުން މެންޗެސްޓަރ ސިޓީ ބަލިކޮށް، ހައިރާންކުރުވަނިވި ނަތީޖާއެއް

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން މެންޗެސްޓަރ ސިޓީ ބަލިކުރީ 3-1 ގެ ނަތީޖާއިންނެވެ.

ހަލްސިޓީ ބަލިކޮށް އާސެނަލުން ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފި
08 Nov 2026 ކުޅިވަރު

ހަލްސިޓީ ބަލިކޮށް އާސެނަލުން ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑެވެ.