ކުރީގެ ރައީސް ޑރ.ވަހީދު ވާހަކަދައްކަވަނީ.. ފޮޓޯ:ޕެންޝަން އޮފީސް
ކުރީގެ ރައީސް ޑރ.ވަހީދު ވާހަކަދައްކަވަނީ.. ފޮޓޯ:ޕެންޝަން އޮފީސް
ހަބަރު 18 Oct 2026 | 16:09

ޕެންޝަން ނިޒާމު ދެނެގަތުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް: ޑރ. ވަހީދު

ޕެންޝަން ނިޒާމާ ބެހޭ މަޢުލޫމާތު އަމިއްލައަށް ހޯދައި، އެ ނިޒާމާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ޕެންޝަން ނިޒާމަކީ، ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރި އަސާސީ ޚިދުމަތެކެވެ. އަދި އެއީ ދައުލަތާއި ރައްޔިތުންގެ ދެމެދުގައި އޮންނަ އިޖުތިމާޢީ ޢަޤުދުގެ ތެރެއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މުހިންމު ރައްކާތެރިކަމެއްގެ ގޮތުގައި ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އުމުރުގެ ހުރިހާ ދުވަހެއްގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދުމަކީ ނުވަތަ ދާއިމީ ގޮތެއްގައި ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަކީ ޔަޤީންކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އަމިއްލަ ނަފްސުގެ އިތުރުން ދަރިންނާއި ކާފަދަރިން އަދި ޢާއިލާގެ އެހެނިހެން މެންބަރުންގެ ޒިންމާތައް ވެސް އުފުލަންޖެހޭ ކަމަށެވެ. އެހެންކަމުން، ޢުމުރުން ދުވަސްވުމުން ލިބޭ ޕެންޝަނަކީ، އޭގެ މިންވަރު ކިތަންމެ ކުޑަ ނަމަވެސް، މުޅި ޢާއިލާގެ ދިރިއުޅުމަށް ލިބިގެންދާ ވަރަށް މުހިންމު މާލީ އެހީތެރިކަމެއް ކަމަށް ވިދާޅުވިއެވެ.

Uploaded image

މީގެއިތުރުން، ޕެންޝަން އޮފީހުގެ ސީއީއޯ ފާހަގަކުރެއްވި ފަދައިން، މި ސްކީމަކީ ހަމައެކަނި ވަކި ފަރުދަކަށް ޚާއްޞަވެފައިވާ ނިޒާމެއް ނޫން ކަމަށާއި، މިއީ މުޅި މުޖުތަމަޢަށާއި ޢާއިލާތަކަށް ގިނަގުނަ މަންފާތަކެއް ލިއްބައިދޭ މުހިންމު އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމެއް ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

އެހެންކަމުން، ޕެންޝަން ނިޒާމު ހިންގަމުންދާ ގޮތާއި، ފައިސާ ޖަމާކުރުމުގެ އުސޫލުތަކުގެ އިތުރުން، އޭގެ ސަބަބުން ލިބޭ ފައިދާތައް ރަނގަޅަށް ދެނެގަތުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އަދި މިކަމާ ގުޅޭ އެންމެހައި މަޢުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓުން ފަސޭހަކަމާއެކު ލިބެން ހުރުމާއެކު، ކޮންމެ ބޭފުޅަކު ވެސް އަމިއްލަ އިސްނެންގެވުމުގެ މަތިން މި މަޢުލޫމާތުތައް އޮޅުންފިލުވައި ހޭލުންތެރިވުމަށް ޑރ. ވަހީދު ބާރުއެޅުއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
14 Nov 2026 ހަބަރު

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.