އިންޑިޔާ އާއި އެކު މަސައްކަތްކުރުމަށް ތައްޔާރު: ޒަމީރް
އިންޑިޔާ އާއި އެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރޭ ރާއްޖޭގެ ފޮރިންގ މިނިސްޓަރު ކަމަށް އައްޔަނުކުރެވުނު މޫސާ ޒަމީރް ވިދާޅުވެއްޖެއެވެ.
ޒަމީރް މިހެން ވިދާޅުވީ އެމަނިކުފާނު ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވެ، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައި ޝަންކަރު ކުރެއްވި ޓުވީޓަށް ދެއްވި ޖަވާބުގައެވެ.
ފޮރިންގ މިނިސްޓަރ ޒަމީރް ވަނީ އިންޑިޔާގެ އެކްސްޓާނަލް މިނިސްޓަރ ޖައި ޝަންކަރަށް ޝުކުރުއަދާކުރައްވައިފައެވެ.
ޒަމީރު ވިދާޅުވީ، އިންޑިޔާއާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ދެ ޤައުމުގެ ގުޅުން އަލުން، ކެލިބްރޭޓްކޮށް، ދެ ޤައުމުގެ ރައްޔިތުންގެ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް