ދިވެހި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕަށް އަލްވަދާޢު ކިޔުމަށް ރައީސް ޞާލިޙް އެއަރޕޯޓަށް
ރާއްޖެއިން ޙައްޖަށް ދާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕަށް އަލްވަދާޢު ކިޔައި ޙައްޖާޖީންނާއި ބައްދަލުކުރެއްވުމަށް ރައީސް ޞާލިޙް މިއަދު އެއަރޕޯޓަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާ ޙައްޖާޖީންނާއި، އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙައްޖާޖީންގެ ޙާލު އަހުވާލު އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އަދި އެމަނިކުފާނުގެ ހެޔޮދުޢާތައް ވަނީ ޙައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ޙައްޖަކަށް އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ.
މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް