ސުނާމީ ބިނާއިން ފެށިގެން ޒުވާނުންގެ މަރުކަޒާ ދިމާލު ބޭރުމަގު މިރޭ ބަންދުކުރަނީ
ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތަކަށް ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮތް ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު ބާރަ އިން ފެށިގެން ކަމަށެވެ. މިކަމާ ގުޅޭގޮތުން ނެރުނު އިއުލާނުގައި ފުލުހުން ވަނީ މަގު ބަންދުކުރުމުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް ނެގުމަށްވެސް އަންގާފައެވެ.
ބޮޑުތަކުރުފާނުމަގު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާއިރު، އެންމެފަހުން ތަރައްޤީކޮށް ނިންމާފައިވަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެޜީޓާމިނަލާ ހިސާބަށް އޮންނަ ސަރަހައްދެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް