ކޮޕް ސަމިޓުގައި ރާއްޖެ ތަމްސީލު ކޮށްދެއްވާނީ ރައީސް ނަޝީދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރިއަށް އޮތް ޑިސެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް ސަމިޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ތަމްސީލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިކަން އިއުލާނު ކުރައްވާފައިވަނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ނޫސްވެރިންނައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިންނެވެ.
ރައީސް ނަޝިދު މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯހިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކައި ޕެރިސް ޑެކްލަރޭޝަނުގެ ކަންތައްތައް ކުރިއަށް ދާ ގޮތް ބެލުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށާއި މި ސަމިޓް ކުރިއަށްދާނީ ޕޯލެންޑުގައި ކަމަށް މާރިޔާވަނީ ވިދާޅުވެފައެވެ.
ރާއްޖެއަކީ ތިމާވެށީގެ ގޮތުން ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ތަނެއް ކަމަށާއި ރައީސް ނަޝީދަކި މުޅި ދުނިޔޭގައިވެސް މޫސުމަށް އަންނަ ބަދަލުތަކުގެ އެމްބެސެޑިރެއްގެ ގޮތުގައި މީހުން ބަލައިގަނެފައިވާ ފަރާތެއްކަމުގައި މަރީޔާވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ނަޝީދުވަނީ 2009 އަހަރު ބޭއްވުނު ކޮޕްގެ 15 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ގިނަ ބައެއްގެ ސަމާލުކަމަށް ގެނެސްފައިކަމަށްވެސް މަރީޔާ ވިދާޅުވިއެވެ. ރައީސް ނަޝީދުވަނީ ކޮޕް 15 އަށް ތައްޔާރުވުމުގެ ގޮތުން ދުނީޔޭގައި ބޭއްވި ފުރަތަމަ ކަނޑު އަޑީގެ ކެބިނެޓް ބައްދަލުވުންވެސް ބާއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް