ރޮނާލްޑޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ރޮނާލްޑޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު 11 Jun 2024 | 21:18

އަޔަލެންޑާއި ދެކޮޅަށް ކާމިޔާބުކުރި ދެލަނޑާއެކު ރޮނާލްޑޯއަށް އިތުރު ތިން ރެކޯޑެއް

ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ރިޕަބްލިކް އޮފް އަޔަލެންޑާއި ދެކޮޅަށް ކުޅެ 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކުރި މެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އިތުރު ތިން ރެކޯޑެއް ރޮނާލްޑޯ ހާސިލްކޮށްފިއެވެ.

ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި ކްރޮއޭޝިއާ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، އެމެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ކުޅެފައެއް ނުވެއެވެ. ނަމަވެސް އަޔަލެންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ މިދެކުޅުންތެރިން ވެސް ހިމަނާފައެވެ.

މިމެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ޖޮއާއު ފެލިކްސް އެވެ. މީގެއިތުރުން މިމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު ގައުމީ ޓީމަށް ކުޅުނު 207 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 130 އަށް އަރާފައެވެ. މިރެކޯޑުގެ އިތުރުން މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 895 އަށް އަރާފައެވެ.

މީގެ އިތުރުން މިމެޗުގައި ރޮނާލްޑޯ ހާސިލްކުރި އަނެއް ރެކޯޑަކީ ގައުމީ ޓީމަށް ޖެހިޖެހިން 21 އަހަރު ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއާގެ ރެކޯޑެވެ. ރޮނާލްޑޯ ވަނީ 2004 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާއި ހަމައަށް ކޮންމެ އަހަރަކުވެސް މަދުވެގެން އެއްލަނޑު ޕޯޗުގަލް ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ބުރާސްފަތި ދުވަހު ޖަރުމަނުގައި ފަށާ ޔޫރޯގައި ޕޯޗުގަލް ހިމެނުނީ ޗެކް ރިޕަބްލިކް، ޖޯޖިއާ އަދި ތުރުކީއާއެކު ގުރޫޕް އެފްގައެވެ. އަދި މުބާރާތުގައި ޕޯޗުގަލްގެ ފުރަތަމަ މެޗުގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ އެޓީމުން ނުކުންނާނީ ޗެކް ރިޕަބްލިކާއި ދެކޮޅަށެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...