ރޮނާލްޑީނިއޯ
ރޮނާލްޑީނިއޯ
ކުޅިވަރު 06 Feb 2024 | 01:44

ވޯލްޑްކަޕް ޗެންޕިއަންކަން ހޯދާފައިވާ ގައުމުތަކުގެ މެދުގައި 35 އަހަރުން މަތީގެ މުބާރާތެއް ބާއްވަނީ

އެލީޓް ޕްލޭޔަރސް ގްރޫޕް (އީޕީޖީ) އިން އިންތިޒާމްކޮށްގެން މިއަހަރުގެ ޖޫން 04-11 އަށް އިންގްލެންޑްގައި އީޕީޖީ ކަޕްގެ ނަމުގައި 35 އަހަރުން މަތީގެ ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މިމުބާރާތަކީ އެލީޓް ޕްލޭޔަރސް ގްރޫޕާއި މިދިޔައަހަރު ގުޅުނު ކުޅިވަރު ވިޔަފާރިވެރިންގެ ގުރޫޕަކުން ދުނިޔޭގެ ޗެންޕިއަންކަން ހޯދާފައިވާ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ގައުމުތަކަކީ ބްރެޒިލް، އިޓަލީ، ޖަރުމަނު، އާޖެންޓީނާ، ފުރާންސް، އުރުގުއާއީ، ސްޕެއިން އަދި އިންގްލެންޑް އެވެ.

ޖުމްލަ 7 މެޗު ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮކްއައުޓް އުސޫލުންނެވެ. އެގޮތުން ޖޫން 4 އަދި 5 ވަނަ ދުވަހު ކުއާޓާ ފައިނަލުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލުގެ ދެމެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

މިމުބާރާތަށް ކޮންމެ ގައުމަކުން ވެސް 18 ކުޅުންތެރިންގެ ސްކޮޑުން ނެގުމަށް ހަމަޖެހިފައިވާއިރު، ޓީމު ލިސްޓްގައި ހިމެނޭނީ 35 އަހަރު ފުރި ނުވަތަ އެއަށްވުރެ އުމުރުން ދޮށީ ކުޅުންތެރިންނެވެ. އަދި އެއިން ކޮންމެ ކުޅުންތެރިއަކީ ގައުމީ ޓީމަށް ކުޅެފައިވާ ނުވަތަ މަތީ ފެންވަރުގައި މަދުވެގެން 100 މެޗު ކުޅެފައިވާ ކުޅުންތެރިއަކަށް ވާން ޖެހެއެވެ.

މީގެ އިތުރުން މުބާރާތުގައި މެޗެއްގެ ދިގުމިނަކީ 70 މިނެޓެވެ. އެއީ 35 ނިނެޓުގެ ދެހާފެވެ. އަދި މެޗުތެރޭގައި ސްކޮޑުގައި ހިމެނޭ 18 ކުޅުންތެރިން ބޭނުންވަރަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މުބާރާތުގައި ވާދަކުރާ ކޮންމެ ގައުމެއްގެ ކެޕްޓަނުންގެ ގޮތުގައި ތިބީ އީޕީޖީގެ ފައުންޑަރުންނެވެ. އެގޮތުން ސްޓީވް މެކްމަނަމަން އިންގްލެންޑް ލީޑު ކުރާއިރު، އާޖެންޓީނާގެ ކެޕްޓަނަކީ އެސްޓެބާން ކެމްބިސޯ އެވެ. ބްރެޒިލްގެ ޓީމު އެމާސަން ލީޑު ކުރާއިރު، ކްރިސްޓިއަން ކަރެމްބެއު (ފްރާންސް)، ކެވިން ކުރަނީ (ޖަރުމަނު)، އިޓަލީގެ މާކޯ މަޓެރާޒީ، ސްޕެއިންގެ މިޝެލް ސަލްގާޑޯ އަދި އުރުގުއޭގެ ޑިއޭގޯ ލުގާނޯ އެވެ.

މީގެ އިތުރުންވެސް ބްރެޒިގެ ރޮނާލްޑީނިއޯ، ރޮބާޓޯ ކާލޯސް، ކަފޫ، ކާކާ އަދި އާޖެންޓީނާގެ ހާނަން ކޮރޮސްޕޯ، ފްރާންސްގެ ތިއެރީ ހެންރީ، ޖަރުމަނުގެ އޮޒިލް އަދި ކަދީރާ ބައިވެރިވާއިރު، އިންގްލެންޑް ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނާކީ އޭޝްލީ ކޯލް، ޖޯ ކޯލް، ރިއޯ ފާޑިނަންޑް، ޑޭވިޑް ޖޭމްސް، ފްރޭންކް ލަމްޕާޑް އަދި ރޮބީ ފައުލާ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...