މުޒާހަރާގެ ބައިވެެރީން ގެކޮޅުގައި އަލިފާން ޖެހުމުން ނޭޕާލްގެ ކުރީގެ ފަސްޓްލޭޑީ އަވަހާރަވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މުޒާހަރާގެ ބައިވެެރީން ގެކޮޅުގައި އަލިފާން ޖެހުމުން ނޭޕާލްގެ ކުރީގެ ފަސްޓްލޭޑީ އަވަހާރަވެއްޖެ އެވެ.
އެކަން ބައިނަލްއަގްވާމީ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މުޒާހަރާގެ ބައިވެރީން ވަނީ ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ޖަލާނާތުގެ އަނބިކަނބަލުން ރާޖްޔަލަކްސްމީގެ ގެކޮޅުގައި އަލިފާން ޖަހާފަ އެވެ. އަލިފާން ޖެހުމާއި ގުޅިގެން އެކަމަނާ ވަނީ އަވަހާރަވެފަ އެވެ.
އެކަމަނާ އަވަހާރަވެފައިވަނީ ދުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ. ހަށިގަނޑުން ކޮންމެވެސް ވަރަކަށް ފިިހިފައިވާ ކަމުގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.
ނޭޕާލްގެ ހާލަތު ގޯހުން ގޯހަށް ގޮސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ވަޒީރުންގެ ގެކޮޅުތަކުގައި ވެސް ވަނީ ހުޅު ޖަހާ އަންދާލާފަ އެވެ. ދައުލަތުގެ އެތައް އިމާރާތަކަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާއިރު އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް