ނޭޕާލްގައި ފެންބޮޑުވެފައި- ފޮޓޯ/ އަލްޖަޒީރާ
ނޭޕާލްގައި ފެންބޮޑުވެފައި- ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 28 Sep 2026 | 08:25

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާއިން 56 އަދި ނޭޕާލުން 14 މީހުން މަރުވެއްޖެ

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އަވަށްޓެރި އިންޑިއާއިން 56 މީހުން އަދި ނޭޕާލުން 14 މީހުން މަރުވެއްޖެއެވެ.

މީގެ އިތުރުން ނޭޕާލުން 11 މީހަކު ގެއްލިފައިވާއިރު، އިތުރަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ.

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރު ޕްރަދޭޝްއަށް މިމަހު 25 އިން 27 އަށް 66.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ އާންމުކޮށް މި ދުވަސްވަރު ވެހޭ 7.6 މިލިމީޓަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

އިންޑިއާގައި މަރުވި މީހުންގެ އިތުރުން 46 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، 1،000 އަށް ވުރެ ގިނަ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ސަރުކާރުން މިހާރު ދަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ސަލާމަތީ މަސައްކަތްތައް ކޮށް، ދަނޑުބިންތަކަށް ލިބުނު ގެއްލުންތައް ބަލައި ބަދަލު ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ މައި ކޯރުތައް ކަމަށްވާ ގަންގާ، ކޯސީ އަދި ނަރްމަދާ ފަދަ ކޯރުތަކުގެ ފެންގަނޑު ވަނީ ނުރައްކާތެރި މިންވަރަކަށް އުފުލިފައެވެ.

ނޭޕާލުގެ 77 ޑިސްޓްރިކްޓްގެ ތެރެއިން 49 ޑިސްޓްރިކްޓަކަށް ކުއްލި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަނަންގް، މުސްތަންގް، މިޔަގްދީ އަދި ބަގްލުންގް ޑިސްޓްރިކްޓްތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި 40 މެގަވޮޓްގެ ހައިޑްރޯޕަވާ މަޝްރޫއަކަށާއި މުވާސަލާތީ ވިއުގައަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

މީގެ އިތުރުން، ނޭޕާލުގެ އުތުރުގެ މަނަންގް ޑިސްޓްރިކްޓްގައި އޮންނަ ހިމްލުންގް ހިމާލް ފަރުބަދައިގެ ބޭސް ކޭމްޕަށް ސްނޯގަނޑެއް ވެއްޓި، އެ ވަގުތު ޓެންޓު ޖެހުމުގެ މަސައްކަތުގައި އުޅުނު 10 މަސައްކަތްތެރިން ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.