ރައީސް ޔާމީން އަމިއްލަ ގެކޮޅަށް ބަދަލުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާދަމާއަށް ރިޔާސީ ދައުރު ހަމަވާ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ އަމިއްލަ ގެކޮޅުކަމުގައިވާ ހ.ދޫވެހިއަށް އަނބުރާ ބަދަލުވެވަޑައިގަންނަވައިފިއެވެ.
ހިލާލީގޭގައި ދިރިއުޅުއްވަމުން ގެންދެވި ރައީސް ޔާމީން ދޫވެއްސަށް ބަދަލުވެވަޑައިގަންނަވާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު ދޫވެއްސަށް ބަދަލުވެވަޑައިގެންނެވި އިރު، ދޫވެހީގައި މަސައްކަތް ނިމިފައިވަނީ ދެ ފަންގިފިލާއެކެވެ.
އުސްކޮށް އިމާރާތްކުރާ ކަމަށް އަޑުފެތުރިފައިވާ މި އިމާރާތް ހުރި ބިމަކީ ގ. ދޫވެއްސާއި ހ. ނޫފަރު ލާޖައްސައި، ނޫފަރު ހުރި ބިމުގައި ދޫވެހީގެ ނަމުގައި ހަދަމުންދާ ގެއެކެވެ. މި އިމާރާތް ނިންމާލުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރަމުންނެވެ.
ރައީސް ޔާމީން ކުރިން ދިރިއުޅުއްވަމުން ގެންދެވި ހިލާލީގެއިން ނިކުންނަވާ، ރާޅުގަނޑު ސަރަހައްދުގައި ހުރި މިގެއަށް ބަދަލުވެވަޑައިގަންނަވާފައިވާއިރު، ހިލާލީގޭގަައި ދިރިއުޅުއްވާ ގޮތަށް ހަމަޖެހިފައިވަނީ އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް