ރައީސް ސޯލިހް ސަރުކާރުގެ ތަހުގީގުތަކާ ކުރިމަތި ނުލާ ބޭހާށް ނުފުރާނަން - އަދީބް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ސޯލިހްގެ ސަރުކާރުން ހިންގާ ތަހުގީގުތަކަށް ކުރިމަތިނުލާ ބޭސްފަރުވާއަށް ނުފުރާނެކަމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ވިދާޅުވެއްޖެއެވެ.
އަދީބް މިފަދައިން ވިދާޅުވެފައިވަނީ އޭނާ ފިއްލަވާނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުން އަނބިކަނބަލުން މަރިޔަމް ނަޝްވާ މެދުވެރިކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
Ekamaku miadhu ves Ehaaluga hospitalugai ove Adeeb vidhaalhuvee “maruviyas Raees solih ge sarukaarun hinga thahugeeq thakah kurimathi nulaa beysfaruva ah nufuraanekamah, Adeeb eh kiyaigen dhakaa saabithu nuhifey dhogu vaahakathah insaafuveri thahugeeqakun saafuvaane kamah” 1/2
— Nash (@maryam_nashwa) November 12, 2018
އަދި އަދީބް އޭކިޔައިގެން ސާބިތު ނުހިފޭ ދޮގު ވާހަކަތައް އިންސާފްވެރި ތަހުޤީގަކުން ސާފުވާނެކަމަށް ވެސް ނަޝްވާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ފާއިތުވި ތިން އަހަރަކީ އަދީބް ޖަލުގައި އޮވެ އެކަށީގެންވާ ބޭސްފަރުވާ ނުލިބި އަނިޔާތައް ތަހައްމަލް ކުރަން ޖެހިފައިވާ އަހަރުތަކެއްކަން ފާހަގަކޮށް މިއިން ޒިންމާވާނެ މުއައްސަސާއެއް އިދާރާއެއް މިއަދަކު ނެތްކަމަށް ނަޝް ގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ފިސްތޯލަ ގެންގުޅުއްވި މައްސަލައާއި އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މިހާރު ގެންދަވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް